ads
ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ
އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު ޖެހިއްޖެ: މިނިސްޓަރު މަލީހް
އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިިވެވަޑައިގެން މެމަބަަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ކަމަށާއި، އަދި އެ މަސައްކަތް ފަށަންޖެހޭކަމަށެވެ. 

"އެ ކަމަށް ޓަކައި ގާނޫނަށް ގެންނަ ބަދަލު ގެނައުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ކޯލިޝަން ސަރުކާރުން ފަށަން ޖެހޭ މަސައްކަތެއް."

މަލީހް ވިދާޅުވީ ރައްޔިތުންނަށް ލިބޭ އިންޓަނެޓްގެ ހިދުމަތަކީ ރަނގަޅު ފެންވަރުގައި ލިބޭ އިންޓަނެޓް ހިދުމަތަކަށް ހެދުމަށް ސަރުކާރާއި މަޖިލީހުން ގުޅިގެން މަސައްކަތް ކުރުމުން ހައްލު ލިބޭނެކަމަށެވެ. މީގެ އިތުރުން މަލީހް ވިދާޅުވި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެންނަމަވެސް އިންޓާނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ގާނޫނުތައް ވުޖޫދައް ގެންނަންޖެހޭ ކަމަށްވެސް މަލީހް ވިދާޅުވި އެވެ. 

އެގޮތުން އިލޮކްޓްރޯނިކް ޓްރާންސިޝަންގެ ބިލެއް ފަރުމާކޮށް ނިމިފައިވާކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް