ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާ އަހުމަދު ސައީދުގެ ކެމްޕޭން އައްޑޫގައި ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު އިތުބާރު ނެތްކަމުގެ ވޯޓެއް މަޖލީހުގައި ނެގުމަކީ ވާނެކަމެއް ނޫންކަމަށެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ދެކެމުން އަންނަ ނަނާ ހުވަފަނެއްކަމަށް ވިދާޅުވެެ އެ ހުވެފެން ދެއްކުން ހުއްޓާލަން އަބްދުއްރަހީމް ގޮވާލެއްވިއެވެ.
މި ވާހަކަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދުދެއްވާ އެކްސްގައި ކުރެވި ޕޯސްޓެއްގައި ވަނީ އަބްދުއްރަހީމް އެ ދައްކަވަނީ ކޮން ބާވަތެއްގެ ވާހަކައެއްތޯ ސުވާލުކުރައްވާފައެވެ. އަދި އަދަދު ހަމަވުމުން ވޯޓު ނެގުން ނޫން ގޮތެއް ނޯންނާނެކަމަށް ބުނެ އަބްދުއްރަހީމަށް ނަޝީދުވަނީ ރައްދުދެއްވާފައެވެ.
ރޭ އައްޑޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ހައްލަން ބޭނުންވާނެ ވާހަކަ ދައްކައިގެެން ހޯދޭނެ ކާމިޔާބީ އެއް އިދިކޮޅަށް ނޯންނާނެކަަމަށެވެ. އަދި ރައްޔިތުން ތިބީ އިދިކޮޅާއި އެކު ނޫންކަމަށާއި ރައްޔިތުން ތިބީ ރައީސް މުއިއްޒާއި މި ސަރުކާރާއި އެކުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;