ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޯދިލް / ފ. ފީއަލި، މައިޝަމް މުހައްމަދު (20އ) އާއި، ކުޅުދޫ. ގުލްފާމްގެ / ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންކަމަށް ފުލުހުން ބުނެއެވެ.
މިމަހުގެ 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅުކޮތަޅު ތެރެއިން، 2 ކޭސް ބަނގުރާ (48 ފުޅި) ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;