ads
ބްރަޔަން ޓެރެންޓީނާ--
އެކްޓަރު ބްރަޔަން ޓެރެންޓީނާ މަރުވީ އޯވާޑޯޒްވެގެން ކަމަށް ނިންމައިފި
ހޮލީވުޑުގެ ގިނަ ސީރީޒްތަކުން ފެނިގެން ދިޔަ އެކްޓަރު ބްރަޔަން ޓެރެންޓީނާ މަރުވެފައި ވަނީ ޑްރަގް އޯވާޑޯޒުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ހޮލީވުޑުގެ ގިނަ ސީރީޒްތަކުން ފެނިގެން ދިޔަ އެކްޓަރު ބްރަޔަން ޓެރެންޓީނާ މަރުވެފައި ވަނީ ޑްރަގް އޯވާޑޯޒުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.

"މާވެލަސް މިސިސް މެއިޒަލް" އަދި "ގިލްމޯ ގާލްސް" ފަދަ ހިޓުތަކުން ފެނުނު ޓެރެންޓީނާ އުމުރުން 60 އަހަރުގައި މަރުވީ ނޮވެމްބަރު 3 ގައެވެ.

ފުލުހުން ބުނީ އޭނާ މަރުވީ ފެންޓަނިލް، ހިރޮއިން، ޑަޔަޒެޕަމް އަދި ކޮކްއިން އަށް އޯވާޑޯޒްވެގެން ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ނިއު ޔޯކުގައި ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ޓެރެންޓީނާ ވަނީ "ލޯ އެންޑް އޯޑާ"، "އެންވައިޕީޑީ ބްލޫ"، "މަޔާމީ ވައިސް"، "އޯޒް" އަދި "އީއާރް" ފަދަ ޓީވީ ސީރީޒްތަކުން ވެސް ފެނިގެން ގޮސްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް