ސީ-ޓު-އެއާ ކާގޯގެ ހިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި ހިދުމަތް ފަށާފައިވަނީ، 15 މެއި 2024 ގައެވެ.
އެމްޕީއެލް އިން ބުނީ، ސީ ޓު އެއާ ކާގޯ ހިދުމަތުން މެއި މަހު 162 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށެވެ. އެގޮތުން އެ މަހުގައި ފަސް އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ ހަތް ގައުމަކަށް ކާގޯ ފޯރުކޮށްދީފައިވާ ކަަަމަށް އެ ކުންފުނިން ބުނެ އެވެ.
ސީ-ޓު-އެއާ ކާގޯގެ މި ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީކޮށްފައިވާ އާ ޓާމިނަލާއެކު އަހަރަކު ޖުމުލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް ދެވޭނެ ގާބިލުކަން އެބަހުއްޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;