ads
ފޮޓޯ:ރިއުޓާސް
ނުވަ އަހަރުގެ ކުއްޖަކު ހެލްތް ވޯކަރުންނަށް ގައުން ފަހައި ދެނީ
މެލޭޝިއާގެ ނުވަ އަހަރުގެ ކުޑަ ކުއްޖަކު އެގައުމުގެ ހެލްތު ވޯކަރުންނަށް ޕީޕީއީ ފަހައި ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އޭނާގެ ގައުމަށް ފޯރާފައިވާތީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ވާހަކަ އިވުމާއި އެކު ނުވަ އަހަރުގެ އާފިއާ އެކަމާ ވަރަށް ކަންބޮޑުވި އެވެ. އަދި ގިނަ އަދަދެއްގެ ސިއްހީ އެހީތެރިންނަށް ބޭނުންވާ ޕީޕީއީ ލިބުމުގައި ދަތިތަކެއް ހުރުމުގެ ވާހަކަ އިވުމާއި އެކު އޭނާ ބޭނުންވީ އެތަކެތި އެމީހުންނަށް ފޯރުކޮށްދޭށެވެ. 

އުމުރުން އެންމެ ފަސް އަހަރުގައި އާފިއާ ފަހަން ދަސްކޮށްފައިވާ ކަމަށާއި މިދަޑިވަޅުގައި އޭނާ އަށް ވެވުނު އެހީއެއް ވާން ބޭނުންވެގެން މަންމަ ކައިރީ އެދުނު ކަމަށް އޭނާގެ މަންމަ މީޑިއާއަށް ކިޔައިދިނެވެ. 

ދުވާލެއްގެ މައްޗަށް އާފިއާ ހަތަރު ޕީޕީއީ ގައުން އެއްކޮށް ފަހާ ނިންމައެވެ. އަދި މާޗް މަހުން ފެށިގެން މިހާތަނަށް އޭނާ ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ހުންނަ ދެ ހޮސްޕިޓަލަށް 130 ގައުން ހަދިޔާ ކޮށްފަ އެވެ. 

ކުރިއަށް އޮތްތަނުގައި 60 ގައުން ފަހާ ހަދިޔާ ކުރާނެ ކަމަށާއި ރޯދަ އަށް ހުންނަން ޖެހުނަސް އާފިއާ ފެހުމާ ދުރަށް ނުދާ ކަމަށް އޭނާގެ މަންމަ ބުނެއެވެ. 

އާފިއާ ފެހުމުގެ ދާއިރާ އަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަ ފަހާތަން ފެނިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް