ads
ކާތިކް އޭނާގެ މަންމައާއެކު--
މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ހިއްސާނުކުރުމުން ކާތިކް މަންމަ ރުޅި އަތުވެއްޖެ
މިމަހުގެ ދިހަ ވަނަ ދުވަސް، މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވާއިރު ގިނަ އަދަދެއްގެ ތަރިން ވަނީ އެމީހުންގެ މަންމައާއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފަ އެވެ. އެކަމަކު ބޮލީވުޑުގެ ތަރި، ކާތިކް އާރިޔަން އޭނާގެ މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާއެއްް ނުކުރެ އެވެ.

ދުވަހުގެ ތަހުނިޔާ މަންމައަށް ނުފޮނުވި ނަމަވެސް އުމުރުން 29 އަހަރުގެ ކާތިކް މިވަނީ ހަމަ އެދުވަހު ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ވީޑިއޯގައި ކާތިކް ފެނިގެންދާއިރު ފަހަތުން އޭނާގެ މަންމަ ހަޅޭލަވާ އަޑު އިވެ އެވެ. 

ކާތިކް މަންމަ ވަނީ އެންމެން ވެސް އެމީހުންގެ މަންމައިންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައި އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން އަންނައިރު ކާތިކް އަދިވެސް ފޮޓޯއެއް ހިއްސާނުކުރަނީތޯ ސުވާލުކޮށްފަ އެވެ. އަދި އެކަން އަވަހަށް ކުރުމަށް އެދެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާއަސް ހިއްސާކުރުމާއެކު ވަނީ ވައިރަލްވެފަ އެވެ. މިހާތަނަށް އެއަށް 3.6 މިލިއަން ވިއުސް ލިބިފައިވެ އެވެ. 

"ސޯނީ ކޭ ޓީޓޫ ކީ ސްވީޓީ" އިން ވިދާލި ކާތިކް އެންމެ ފަހުން ފެނިގެންދިޔައީ އިމްތިޔާޒު އަލީގެ "ލަވް އާޖް ކަލް 2" އިން ސާރާ އަލީ ހާނާއެކު އެވެ. 

ކާތިކްގެ ކުރިއަށް ދެ ފިލްމެއް މިއަހަރު އެބަ އޮތެވެ. އެއީ "ދޯސްތާނާ 2" އާއި "ބޫލް ބުލައިޔާ 2" އެކެވެ. މިއީ މިއަހަރު ނެރެން ނިންމާފައިވާ ފިލްމުތަކެއް ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމީ ދާއިރާ ވެސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. މިހެންކަމުން ފިލްމު ނެރެން ނިންމި ތާރީހު ފަސްކުރުން ގާތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް