ads
ކުއްޖާ ދަމައިގަނެގެން ގެންދާ ވީޑިއޯގެ ސްކްރީންޝޮޓެއް--
ރާމާމަކުނެއް ކުޑަކުއްޖަކު ޖަހައިގަނެގެންދާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ
ބައިސްކަލެއްގައި ދިޔަ ރާމާމަކުނެއް ބެންޗެއްގައި އިށީންދެގެން އިން ކުޑު ކުއްޖަކު ޖަހައިގަތް ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މިއީ މިމަހުގެ ތެރޭގައި އިންޑޮނޭޝިއާގެ ސުރަބަޔާގައި ހިނގި ހާދިސާއެކެވެ. ސޯޝަލް މީޑިއާގައި އަންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ ކުޑަ ބައިސްކަލެއްގައި ދިޔަ ރާމާމަކުނެއް، އާއިލާއާއެކު ބެންޗެއްގައި އިށީންދެގެން އިން ކުއްޖެއްގެ ސޯޓުގައި ހިފައި ބިންމައްޗަށް ވައްޓާލާ މަންޒަރެވެ. އޭގެ ފަހުން ބިންމަތީގައި ދަމާ ކޫތާފައި ކުއްޖާ ގެންދަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.

އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ "އިންޑޯޒޯން" ގައި ރިޕޯޓްކުރާ ގޮތުގައި މިހާދިސާގެ ސަބަބުން އެކުއްޖާ ވަނީ ވަރަށް ބޮޑަށް ބިރުގަނެފަ އެވެ. ދަމާފައި ގެންދިއުމުގެ ސަބަބުން މާބޮޑު އަނިޔާއެއް ނުލިބުން ނަމަވެސް މޫނު މަތި މަށައިގެންފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް