ads
ކާބޯތަކެތި ހިފައިގެންއައި އިންޑިއާގެ ކޭސަރީ މަނަވަރު
އިންޑިއާގެ މަނަވަރެއް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިފައިގެން އައިސްފި
މިޝަން ސާގަރު ނަމުގައި އިންޑިއާއިން ލޮންޗްކުރި ހަރަކާތުގެ ތެރެއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދީފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއާޒުން ބުނީ އިރުމަތީ އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ގައުމުތަކަށް ކޮވިޑް-19 ގުޅިގެން އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށާ އެގޮތުން މިއަދު ރާއްޖެ ގެނެވެނު އެހީގެ ތަކެއްޗަކީ މިޝަން ސާގަރު ތެރެއިން ފޯރުކޮށްދެވުނު ތަކެތިކަމަށެވެ.

އަދި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގައި އެކުވެރި ދައުލަތްތަކަށް އިސްކަމެއް ދޭނެކަމަށް ބުނެފައިވާއިރު އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" މާލޭ ވިޔަފާރި ބަދަރުގައި ބަނދަރުކޮށްފައިވާކަމަށެވެ.

މަނަވަރުގައި ގެނެވުނު އެހީގެ ތަކެއްޗާ އަދަދު

ހަނޑޫ 200 ޓަނު

ގޮދަން ފުށް  140 ޓަނު

ހަކުރު 90 ޓަނު

ރީނދޫ މުގު 120 ޓަނު

ފިޔާ 26 ޓަނު

 

ރާއްޖެއަށް އެހީގެ ތަކެތި ހިފައިގެން މަނަވަރު އައިސްފާވާއިރު އިތުރު 4 ގައުމަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މޮރީޝަސް، ސީޝެލްސް، މަޑަގަސްކަރަ އަދި ކަމޮރޯސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް