ads
ފޮޓޯ: ރައީސް އޮފީސް
އައްޑޫސިޓީއަށް ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ: ނައިބު ރައީސް
އައްޑޫސިޓީއަށް ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ވަނީ ، ކޯވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ މަޖިލީހުގެ ހަތް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރު ވސް ބައިވެރިވެވަޑައިގެންފައި ވެއެވެ. 

އެގޮތުން އައްޑޫސިޓީގެ ހުރިހާ މެންބަރުންވެސް ވަނީ އައްޑޫގައި ވީއެންމެ އަވަހަކަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށާއި، އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮަށްފައެވެ. 

އަދި މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވަނީ ސަރުކާރުން އެކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި އަދި އެންއީއޯސީ މެދުވެރިކޮށް ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައެވެ. 

 އަދި އައްޑޫސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިމައްސަލަތަކަށް ހައްލު ހޯއްދެވުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސްއޮފީހުން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް