ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ ކަސްޓަމަރުންނަށް މިހާރު އަމިއްލަ އަށް ފެން ބިލު ޖެނެރޭޓް ކުރެވޭނެ
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރިއިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ކަސްޓަމަރުންނަށް މިހާރު އަމިއްލަ އަށް ފެން ބިލު ޖެނެރޭޓް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ފެން މީޓަރުގެ ފޮޓޯ އާއި ރީޑިން އެކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް އަޕްލޯޑް ކޮށްގެން ކަސްޓަމަރުންނަށް އަމިއްލަ އަށް ފެން ބިލު ޖެނެރޭޓް ކުރެވޭނެ ކަމަށެވެ. އަލަށް ތައާރަފްކުރެވުނު މި ފީޗާ އާއި އެކު އެޕުގައި ބަޔާންކޮށްފައިވާ އިރުޝާދާއި އެއްގޮތަށް މީޓަރުގެ ފޮޓޯ އާއި ރީޑިން އަޕްލޯޑު ކުރާތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ފެންބިލު ތައްޔާރު ވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 

އެމްޑަބްލިއުއެސްސީ އެޕަށް މިފީޗާ ތައާރަފު ކުރެވުނީ، ލޮކްޑައުންގައި އެކުންފުނީގެ މުވައްޒަފުން ގޭގެއަށް މީޓާ ރީޑިން ނަގަން ދިއުމަކީ ކަސްޓަމަރުންނާއި މުވައްޒަފުންވެސް ނުރައްކަލަށް ހުށެހެޅިގެން ދާނެ ކަމަކަށް ވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގަވާއިދުން ފެން ބިލު ލިބިލައްވާނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 

ފެން މީޓަރުގެ ރީޑިން ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިން އަޕްލޯޑު ކުރުމަށް އެދި އެ ކުންފުނިން ކަސްޓަމަރުންނަށް އެސްއެމްއެސް ނޯޓިފިކޭޝަނެއް ފޮނުވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. އަދި މި ނޮޓިފިކޭޝަން ލިބުމާއި އެކު އެމްޑަބްލިއުއެސްސީ ގެ އެޕަށް ލޮގިންވެ، އެޕްގެ ހޯމް ސްކްރީނުން ފެންން ރީނދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިއްތަވާލުމަށްފަހު އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލް އިން ފެންނަ އަށް އަދަދުގެ ނަންބަރު ޖެހުމަށްފަހު ސަބްމިޓް ކުރުމުން ބިލް އަޕްޑޭޓް ވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 

މި ފީޗާގެ ދަށުން،  އެޕް މެދުވެރިކޮށް އަޕްލޯޑް ކުރެއްވޭނީ ހަމަ އެވަގުތު ކެމެރާއިން ނަގާ މީޓަރުގެ ފޮޓޯ އެކަނިކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. އަދި ފޮޓޯ ގެލަރީގައިވާ ފޮޓޯ އެޕް މެދުވެރިކޮށް އަޕްލޯޑް ނުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިން އާއި ފޮޓޯ ފޮނުވުމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

ކަސްޓަމަރުންނަށް މީޓަރުގެ ރީޑިން ނުފޮނުވޭނަމަ، އެމްޑަބްލިއުއެސްސީ އިން އެމީހަކަށް ބިލް ހަދާނީ އެ ގޭބިސީއެއްގެ ފާއިތުވި ތިން މަހާއި ހަމަހާއި ދޭތެރޭގެ އެވްރެޖް ބިލެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިދުވަސްވަރު ފެން ބިލް ފޮނުވޭނީ ހަމައެކަނި ޑިޖިޓަލްކޮށް ކަމަށްވުމާއެކު، އެޕް ޑައުންލޯޑްކޮށް އެޕް ބޭނުން ކުރުމަށް ހުރިހާ ކަސްޓަމަރުންނަށް ވެސް އެމްޑަބްލިއުއެސްސީ އިން އިލްތިމާސްކުރެ އެވެ. 

އެމްޑަބްލިއުއެސްސީ އެޕް އެޕް ސްޓޯ އަދި ޕްލޭ ސްޓޯ އިން ޑައުންލޯޑް ކުރެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް