ads
ފޮޓޯ:މޯލްޑިވް ގޭސް
މޯލްޑިވް ގޭސް އަށް ފައިސާ ދެއްކުން މިހާރު އޮންލައިންކޮށް
މޯލްޑިވް ގޭސް އިން މިހާރު ފައިސާ ބަލައިގަންނަނީ އޮންލައިންކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ މިހާރު އަތުން އަތަށް ފައިސާ ނެގުން ހުއްޓާލާފައިވާ ކަމަށާއި، ފައިސާ ބަލައިގަންނާނީ ހަމަ އެކަނި އޮންލައިންކޮށް ކަމަށެވެ. 

އެގޮތުން، އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރުމަށް ފަހު ވެބްސައިޓުން ފައިސާ ދެއްކޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ. އަދި މޯލްޑިވް ގޭހުގެ ހޮޓްލައިން އަށް ގުޅައިގެން ދޭ އޯޑަރުތައް ޕްރޮސެސް ކުރަން ފަށާނީ އެކުންފުނީގެ ބީއެމްއެލް އެކައުންޓް (7704264840001) ފައިސާ ޓްރާންސްފާ ކުރުމަށް ފަހު ރިސިޕްޓް ކޮޅު 7201616 ކަށް ފޮނުވުމުން ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސް އަށް ގޮސް ގޭސް ފުޅިތައް ގަންނަ ފަރާތްތަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައި ވަނީ ކޮނމެ ދުވަހަކު ހަވީރު 15:00 އިން 17:00 އަށް އަދި ރޭގަނޑު 22:30 އިން 00:30 އަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް