ads
ފޮޓޯ: ވަން އޮންލައިން
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ގަވައިދުން ހިއްސާކުރުމަށް ޕީޖީ އަންގަވައިފި
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު މައުލޫމާތު ގަވައިދުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ހިއްސާކުރަމުން ގެންދިއުމަށް ފުލުހުންގެ މުއައްސަސާއަށް އަންގައިފި އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ އިރުޝާދުގައިވާ ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން ބަންދުގައި މީހުން ތިބި މައްސަލަތަކުގެ ތަހުގީގުތަކުގެ މައުލޫމާތު މަދުވެގެން ހަފުތާއަކު އެއްފަހަރު ފުލުހުން ޕީޖީއާ ހިއްސާކުރަން ޖެހެއެވެ. އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ނުވަތަ ބަންދުގައި ނެތް މައްސަލަތަކުގައި ކޮންމެ 15 ދުވަހަކުން އެއްފަހަރު ތަހުގީގު މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ އެދިފައެވެ. 

މީގެ އިތުރުންވެސް ތަހުގީގު ކުރި މީހާގެ ބަޔާނަކާއި އެ މައްސަލައަކާ މެދު ތަހުގީގުކުރި މީހާ ދެކޭ ގޮތް ހާމަކުރަން ޖެހޭނެކަމަށް ޕީޖީގެ އިރުޝާދުގައި ވެއެވެ. 

މި އިރުޝާދާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވަނީ މިހާރުވެސް ފުލުހުންގެ ގިނަ ބޭފުޅުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް ވުރެވެސް ބޮޑަށް ޕީޖީގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ފުލުހުންނާއި ގާތުންމަސައްކަތް ކުރާނެ ކަން ފާހަގަކުރައްވާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް