ads
ދިވްޔަންކާ އާއި ވިވޭކް އަދި ޝްރަދު--
އަށް އަހަރު އެކީ އުޅެފައި ދިވްޔަންކާއަށް ލޯބިވެރިޔާ ލަނޑުދިން ހަނދާންތައް!
ޓީވީ ތަރި ވިވޭކް ދާހިޔާ އާ ކައިވެނިކުރުމުގެ ކުރިން ބަތަލާ ދިވްޔަންކާ ޓްރިޕާތީ އުޅުނީ ޝަރަދް މަލްހޯތުރާ އާ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ދެހާސް ހަ ވަނަ އަހަރު ޒީ ޓީވީން ދެއްކި "ބަނޫ މެއިން ތޭރީ ދުލްހަން" ގައި ދިވްޔަންކާ އާއި ޝްރަދު އެކުގައި މަސައްކަތް ކުރުމުގެ ތެރެއިން އެކަކު އަނެކަކަށް ހިތްޖެހި ރައްޓެހިވިއިރު އެމީހުން ވަކިވީ އަށް އަހަރު ދުވަހު އެކުގައި އުޅުމަށް ފަހެވެ. 

ދެ ތަރިން ވަކިވުމަށް ފަހު މީގެ އަހަރުތަކެއް ކުރިން ރަޖީވް ކަންޑެލްވަލްގެ "ޖަޒް ބާތު" އަށް ދިވްޔަންކާ ދިން އިންޓަވިއުއެއް މިވަނީ ވައިރަލް ވެފަ އެވެ. 

އެގޮތުން މި އިންޓަވިއުގައި ދިވްޔަންކާ ވަނީ އެމީހުންގެ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. 

ދިވްޔަންކާ ބުނީ ޝްރަދްއާ މެދު އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށެވެ. އެގޮތުން ދިރިއުޅުމުގައި ތަފާތު އެކި މީހުންނާއި ދިމާވާނެ ކަމަށާއި އެކަމަކު އެއިން ކޮންމެ މީހެއްގެ ކައިރިން ވެސް ގިނަ ފިލާވާޅުތަކެއް ދަސްވާނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ދެމީހުން ވަކިވި ހަނދާންތައް އާކުރަމުން ދިވްޔަންކާ ބުނީ އެވަގުތު މުޅި ދިރިއުޅުން ނިމުނީ ކަމަށް ވެސް ހީކުރެވުނު ކަމަށާއި އެކަމަކު ފަހުން އެކަމާ ވިސްނުމުން އެނގުނީ މީހެއްގެ ލޯބި ހޯދަން ފަހަތުން ދުވެ އާދޭސްކުރަން ނުޖެހޭނެކަން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަށް އަހަރު އެކީ އުޅުމަށް ފަހު މި ދެތަރިން ވަކިވީ ޝްރަދު، ދިވްޔަންކާއަށް ބޭވަފާތެރިވިކަން ފަޅާއެރުމުންނެވެ. 

ދިވްޔަންކާ މިހާރު އުޅެނީ އޭނާ އެންމެ ފަހުން މަސައްކަތްކުރި "ޔޭ ހޭ މޮހައްބަތެއިން" ގެ ތަރި ވިވޭކްއާ ކައިވެނިކޮށްގެންނެވެ. 2016 ވަނަ އަހަރުގެ ތެރޭގައި އެމީހުން ކައިވެނިކުރިއިރު އެ ކައިވެނީގެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާއިންގެ ގާތް ރަހުމަތްތެރިންނެވެ.

ޝްރަދު ވެސް މިހާރު އުޅެނީ މީހަކާއި ކައިވެނިކޮށްގެންނެވެ. އޭނާ ގުޅުނީ ލޯބިވެރިޔާ ރިޕްޗީ ބަޓިއާ އެވެ. އެ ދެމީހުން ކައިވެނިކުރީ 2019 ވަނަ އަހަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް