ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހުރިހާ ރައްޔިތުންނަށް ބަލި ފެތުރެން ބޭނުންނުވާނަމަ ޖެހޭނީ ހުރިހާ ރައްޔިތުން ކުޑަ ގޮޅިއަށް ލާން: ރައީސް ނަޝީދު
ރާއްޖޭގެ 100 އިންސައްތަ ރައްޔިތުންނަށް ކޮވިޑް19 ފެތުރެން ބޭނުންނުވާނަމަ ޖެހޭނީ ފަސް ލައްކަ ރައްޔިތުން ކުޑަ ގޮޅިި އަށް ލާންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ 10000 ހެއްހާ ރައްޔިތުން އެބަތިބި ކަމަށެވެ. އަދި އެފަރާތްތައް ރަށަށް ފޮނުވާނެ ގޮތަކީ ކޮބައިތޯ އާއި އެ ފަރާތްތައް ރަށަށް ފޮނުވައިފި ނަމަ ރޯގާ ފެތުރިދާނެ ކަމަށް ދެކި އެފަރާތްތައް ރަށަށް ނުފޮނުވާ ބޭތިއްބުމަކީ ބުއްދިވެރި ކަމެއްތޯ ރައީސް ނަޝީދު ސުވާލު އުފައްދަވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ފަރާތްތައް ރަށަށް ދިޔަޔަސް ނުވަތަ ނުދިޔަޔަސް ރޯގާ ފެތުރޭނެ ކަމަށާއި، އަދި ރަށް ތަކަށް ރޯގާ ފެތުރުމަށް އޮންނަނީ އެންމެ ގޮތެއްވެސް ނޫންކަމަށެވެ. 

"... 100 ޕަސެންޓުގެ މިންވަރަށް ފެތުރުނަ ނުދިނުމަށް [ކޮވިޑް19] އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފިނަމަ ދެން ހަދާންޖެހޭނެ ގޮތަކީ ދިވެހި ރާއްޖޭގެ ފަސް ލައްކަ ރައްޔިތުން ކުޑަ ގޮޅި އަށް ލާންޖެހޭނީ."

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ކަރަންޓިން ކުރެވޭނެ ތަންތަން ހަމަޖައްސާފައި އެފަރާތްތަކަށް ރަށްރަށަށް ގޮސް ކަރަންޓީންގައި ތިބޭނޭ ގޮތަށް އަމަލުނުކުރެވެންވީ އެވެސް ސަބަބެއް ނެތްކަމަށެވެ. 

މީގެ އިތުރުންވެސް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީކޮށް ކަރަންޓީން ކުރެވެން އޮށްވާ އެއަށްވުރެއް ދަތިގޮތަކަށް އެކަން ކުރިއަށްގެންދާ ސަބަބެއް ހެލްތް މިނިސްޓަރާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ކިބައިން ސާފު ކުރަންޖެހޭކަމަށެވެ. 

"މިކަމާ ގުޅޭ މާހިރުން ތިބީކީ ހަމައެކަނި ރާއްޖެއަކު ނޫން. އަދި މިކަމާ ގުޅޭ މާހިރުންނަކީ އަޅުގަނޑުމެންވެސް ވަރަށް ގިނަ ގައުމުތަކުގައި ގާތްތިމާގެވެސް މީހުން. އަޅުގަނޑުމެނަށް ވެސް ވާނުވާ އެބައިނގޭ. މިތަނުގައި މިކަން މިގޮތަށް ކުރިއަށް ގެންގޮސްގެން އަޅުގަނޑަށް ހަމަ އެންމެ ސާފު ކޮށް ފެންނަނީ ބެދޭ މަޅިއެއް ނުފެންނާނޭ ބުނާ ހަރުބަސް."

ރައީސް ނަޝީދު ވިދާޅުވީ މިކަމުން ސަލާމަތްވާން  ލޮކްޑައުންއަށް ގޮސް ވިޔަފާރިތައް ބަންދުކޮށް ސަރުކާރާއި ހުރިހާ ތަނެއް ބަންދުކޮށްގެން ތިއްބާވެސް ބަލި ފެތުރެމުން ދާކަމަށެވެ. އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް