ads
މެޓް ޑޭމަން---
މެޓް ޑޭމަންގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިިޓިވް ވެއްޖެ
ހޮލީވުޑް ގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ މެޓް ޑޭމަން ގެ ދޮށީ އަންހެން ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ބުނެފި އެވެ

.ބޭރުގެ މީޑީއާތަކުން ރިޕޯޓް ކުރާގޮތުގައި މެޓް ޑޭމަން ދަރިފުޅު އެލެކްސިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ނިއުޔޯކް އިން ނެވެ. އެލެކްސިއާ ނިއުޔޯކްގައި ދިރިއުޅެމުންދާ އިރު، ޑޭމަން އާއިލާހެ ދެން ތިބި މެންބަރުން ވަނީ އަޔަލެންޑުގައި ކަރަންޓީން ވެފަ އެވެ.

your imageމެޓް ޑޭމަން އަދި އެލެކްސިއާ ބަރޯސޯ

އެލެކްސިއާ އަދި އޭނާގެ ރޫމްމޭޓުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ނިއުޔޯކްގައި ވައިރަސް ފުރަތަމަ ފެތުރެން ފެށިއިރު ކަމަށާއި، މިހާރު ބައްޔަށް ފަރުވާދީ ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް މެޓް ޑޭމަން ރޭޑިއޯ ސްޓޭޝަނަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ކަމަށް ޔޫއެސްއޭ ޓުޑޭ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އޭގެ އިތުރުން، މި މަހު ފަހުކޮޅު އޭނާއަށް އޭނާގެ ދަރިފުޅު ކައިރިއަށް ދެވޭނެ ކަމަށް ޑޭމަން ވަނީ ބުނެފަ އެވެ.

ޔޫރަޕުގެ ގައުމުތަކާއި އެމެރިކާ ލޮކްޑައުން ކުރި އިރު ޑޭމަން އުޅުނީ ޑުބްލިންގައި 'ދަ ލާސްޓް ޑުއެލް' ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ކުރުމުގައެވެ. ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ޑޭމަން އާއި އޭނާގެ އަންހެނުން ލޫސިއާނާ ބަރޯސޯ އަދި 13 އަހަރުގެ ދަރިފުޅު އިޒަބެއްލާ، 12 އަހަރުގެ ދަރިފުޅު ޖިއާ އަދި ނުވަ އަހަރުގެ ދަރިފުޅު ސްޓެއްލާ އަޔަލެންޑް ވަނީ ތާށިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް