ads
ޓޮޝީ ދިވެހި ލީގުގެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ޓްރޮފީއާއި އެކު، އަދި މިއަދު ޖަޕާނަށް ފުރުމުގެ ކުރިން
ޓޮޝީކީ އެނބުރި ޖަޕާނަށް
ކްލަބު އީގަލްސްއަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ނިލަންދޫ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު ޖަޕާނުގެ ޓޮޝީކީ އޮކަމޯޓޯ، ޖަޕާނު އެމްބަސީގެ އެހީތެރިކަމާއި އެކު ގައުމަށް އެނބުރި ފުރައިފިއެވެ.

ޓޮޝީކީ ފުރީ މިއަދު ހެނދުނު މާލޭގައި ހުންނަ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއި އެކު ޖަޕާނުގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔަ ފްލައިޓުގައެވެ. ޖަޕާނު އެމްބަސީގެ އެހީތެރިކަމާއި އެކުގައެވެ. ޖަޕާނުގެ ނަރީތާއަށް ދާނީ ލަންކާ މަގުންނެވެ. ޓޮޝީކީ ރަށަށް މި ފުރީ ދެ މަހެއްހާ ދުވަހު މާލޭގައި ބަންދުވެފައި ހުރުމަށް ފަހުއެވެ. 

މިދިޔަ ސީޒަންގެ ކުރީކޮޅު ނިލަންދޫ ސްޕޯޓްސްއަށް ކުޅުމަށް ފަހު، ފަހުން އީގަލްސްއަށް ބަދަލުވި ޓޮޝީކީއަކީ މިދިޔަ ސީޒަންގައި ރާއްޖޭން ފެނުނު އެންމެ މޮޅު އެއް ބިދޭސީ ކުޅުންތެރިޔާއެވެ. ރާއްޖެ އައުމުގެ ކުރިން، ތައިލެންޑުގެ ޓީމަކަށް ކުޅުމަށް ފަހު މި ސީޒަނުގެ ކުރީކޮޅު ނިލަންދޫއަށް އަދި ފަހު ބައިގާ އީގަލްސްއަށް ކުޅުނު ޓޮޝީކީއަކީ ކުރިން ސްޕެއިނުގެ ކަޓަލޫނިއާ އަށް ނިސްބަތްވާ ބައެއް ކްލަބްތަކުގައި ޓްރަޔަލްތަކެއް ފުރިހަމަކޮށް ބައެއް މެޗުތައް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

your imageޓޮޝީކީ އީގަލްސްގެ ޖަރޒީގައި: އޭނާވަނީ ރާއްޖޭގައި މޮޅު ކުޅުމެއް ދައްކާފައި

ރާއްޖެ އައިސް ނިލަންދޫއާ ގުޅުމަށް ފަހު މޮޅު ކުޅުމެއް ދައްކައި ޓޮޝީކީ ވަނީ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. އަދި އޭގެ ފަހުން އީގަލްސްއަށް ބަދަލުވެ، ލީގުގެ ދެވަނަ މަގާމާއި އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުން އީގަލްސްއަށް ޖާގަ ހޯދައިދިނުމުގައި ޓޮޝީކީގެ ހިއްސާ ބޮޑެވެ. އޭނާ ހޯދުމަށް ޓީސީ ސްޕޯޓްސްއިންވެސް މަސައްކަތް ކުރިއެވެ.

ނިލަންދޫ އިން ޓޮޝީކީ ލޯން އެއްބަސްވުމެއްގެ ދަށުން، އީގަލްސްއަށް ޓޮޝީކީ ބަދަލުވީ ލީގުގެ ތިންވަނަ ބުރުގައި ހަ ޓީމު ކުޅޭ ގޮތަށް އެފްއޭމުން ބަދަލުކުރުމުންވެ. ޓޮޝީކީވަނީ ދިވެހި ލީގުގެ ފަހު ބުރުގައި އަދި އެފްއޭކަޕްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް