ads
ކިޔޮޓާކާ ސޫޓާކޭ
ކޮވިޑްގައި މަރުވި ފުރަތަމަ އެތްލީޓަކަށް ޖަޕާނުގެ ސޫމޯ ރެސްލަރެއް
ޖަޕާނުގެ ސޫމޯ ރެސްލިން ތަޅާ އެތްލީޓެއް، ކޮވިޑަށް ފަރުވާ ދެވެމުންދަނިކޮށް މަރުވެއްޖެއެވެ. އެއާއި އެކު މި ރެސްލަރު ވެފައިވަނީ ކޮވިޑުގައި މަރުވި ކަމަށް ރިޕޯޓް ކުރެވުނު އެންމެ ފުރަތަމަ އެތްލީޓަށެވެ.

އުމުރުން އަށާވީސް އަހަރުގެ، މި ސޫމޯ ރެސްލަރުގެ ނަމަކީ، ކިޔޮޓާކާ ސޫޓާކޭއެވެ. އޭނާ މަރުވީ ކޮވިޑުގައި، ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތައް ފެއިލްވުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

 ކޮވިޑަށް ޕޮސިޓިވްވެ އޭނާއަށް އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ، އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފައިވެއެވެ. އޭނގެ ހަތަރު ދުވަސްކުރިން އޭނާއަށްވަނީ ކޮވިޑަށް ޕޮސިޓިވްވިކަން އެނގިފައެވެ. އަދި އޭޕްރީލް ނަވާރަ ވަނަ ދުވަހުން ފެށިގެން އޭނާއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައި ކަމަށް ޖަޕާނުގެ ސޫމޯ އެސޯސިއޭޝަނުން ބުންޏެވެ. ކިޔޮޓާކާ މަރުވެއްޖެކަން ޖަޕާނުގެ ސޫމޯ އެސޯސިއޭޝަނުން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ކިޔޮޓާކާއަކީ ހިތްވަރު ގަދަ ރެސްލަރެއް. އޭނާވަނީ ހިތްވަރު ގަދަ ރެސްލަރެއް ފަދައިން ކޮވިޑާ ހަނގުރާމަކޮށްފައި. އޭނާއަށް ފަރުވާ ދިނުމުގައި އެހީތެރިވެދިން ސިއްހީ ހިދުމަތްތެރިންނަށް ސޫމޯ ރެސްލަރުންގެ އާއިލާގެ ފަރާތުން ޝުކުރު ދަންނަވަން. ޖަޕާންގެ ސުމޯ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ކިޔޮޓާކާ ސޫޓާކޭއަކީ ދެހާސް ހަތްވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް ސޫމޯ ރެސްލިންގ އެތްލީޓެކެވެ. އޭނާވެފައިވަނީ މިހާތަނަށް ރިޕޯޓް ކުރެވުނު، ކޮވިޑްގައި މަރުވި ފުރަތަމަ އެތްލީޓަށްކަމަށް ސީއެންއެންއިން ބުނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑުގައި މި ބަލި ފެތުރެމުންދާއިރު އެތައް އެތްލީޓުންނަކަށްވެސް މި ބަލި ޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް