ads
ޑރ. ޝީނާ މޫސާ
ޑޮކްޓަރު ޝީނާގެ އިންޒާރު، ދިވެހިން ދިނީ ބީރު ކަންފަތް!
ކޮވިޑް-19 ގެ ހާލަތު ގޯސްވާނެކަމަށް ޑރ. ޝިނާ މޫސާ ދިއައީ ތަކުރާރުކޮށް ދިވެހިންނަށް ހަނދާން ކޮށްދެމުންނެވެ. އަދި ފަހުން ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑުގެ ނުރައްކާ ހިސާބުގެ އަދަދުތަކުން ދިޔައީ ބުނެދެމުންނެވެ. ނަމަވެސް އެކަން އާންމު ރައްޔިތުންގެ ސިކުނޑިން ވިސްނިގެން ކޮވިޑުގެ ނުރައްކަލުން ދުރަށް ދިޔަ މަންޒަރު ފެނުކަމަކަން ނުވި އެވެ.

ނަސޭހަތް ދީގެން، އާދޭސްކޮށްގެން ބޯހަރު މީހެއްގެ ބޮލަށް ވިސްނައިދިނުމަކީ ފަހަރުގައި އުނދަގޫ ކަމަކަށްވެދާނެއެވެ. ނަމަވެސް އިންޒާރުދީގެން ކަމެއްގެ ނުރައްކާތެރިކަމާއި އެކަމަކުން ސަލާމަތް ހޯދާނެގޮތް ކިޔައިދިނުމުން ހެޔޮ ހިތުން އެކަންކަން ގަބޫލުކުކޮށް، އެ ނަސޭހަތާއި އިންޒާރަށް ބޯލަނބާނެ މީހުން ދުނިޔޭގައި ގިނަވާނެއެވެ. ނަމަވެސް، ދިވެހިން މިއުޅޭގޮތެއް ކަމަކުދާކަށް ނެތެވެ.

ކޯވިޑް 19ގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރިގަތުމާ އެކު ރާއްޖޭން އެކަމަށް ތައްޔާރުވާން ފަށައިފިއެވެ. ބަލި ރާއްޖެއަށް އަތުވެދާނެކަމާއި ބަލީގެ އަސަރު ރާއްޖެއަށް ކުރާނެ މިންވަރުގެ އަންދާޒާތައް ހަދައި ރާއްޖެ ސަލާމަތް ކުރުމަށް ފިޔަވަޅުތައް އަޅަން ފެށި އެވެ. ބަލަބަލައި ތިއްބާ އެއްކަލަ ވިލާގަނޑު އައިސް ބޯމަތި ކޮށްލައިފިއެެވެ. ދިވެހިން އަބަދުވެސް އުޅޭހެން ހާސްވެހެގެން ފިހާރަތަކުގައި ހުރި ހުރިހާ މުދަލެއް ގެތަކަށް ވައްދާ ފުރާލި އެވެ.

އެހާ ހިސާބަށް ކަންތައްތައް ދިޔަ އިރު ސަރުކާރުން ވަނީ ނެސަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ހަދައި ބަލިމަޑުކަމަށް ތައްޔާރުވުމާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ގައުމީ ފެންވަރުގައި ފަށައިފިއެވެ. ރައްޔިތުން އުޅެންފެށިގޮތުން ހީވީ އަހަރު ދެ އަހަރުގެ ކާޑު ގެއަށްލައި ހުރިހާ އެންމެން ހަރުހަރަށް ވަދެ ފިލަނީކަމަށެވެ. ނަމަވެސް ދިވެއްސަަކަށް ބަލިނުޖެހޭތީ މަޑުކޮށްލީއެވެ.

" ކޭސް މިތަނުން ފެންނަމުންދާ ގޮތަށް ބަލާލާއިރު ފާހަގަކުރެވޭ ދެ ވައްތަރުގެ އާބާދީ އެއްގެ ތެރެއިން ކޭސްތައް ފެންނަމުންދާކަން. ފުރަތަމަ ގްރޫޕަކީ ކޮމިއުނަލް ލިވިން އޭ މިކިޔާ ސިޓުއޭޝަންގައި ދިރިއުޅެމުންދާނީ. ގިނަ މީހުން އެއްތަނެއްގައި އުޅެމުންދާ ކަހަލަ ސިޓުއޭޝަންގައި އެ މީހުންގެ ތެރޭގައި ބަލި ތަންކޮޅެއް ހަލުވިކަމާއެކު ފެތުރޭނީ. އެމީހުންގެ ތެރޭގައި ބަލި އެކްސްޕޯވާ މީހުން ބަލި ފެތުރޭ ނިސްބަތް އިތުރުވޭ . ދެން މިބަލާލަނީ ގޭބީސީ ތަކުގައި އުޅޭ މީހުންގެ ތެރޭގައި ދިވެހިންގެ ތެރޭގައި ތަންކޮޅެއް ލޯވަރޭޓެއްގައި އޭތި މި ޑްރައި ކުރަނީ އެމީހުންގެ ކޮންޓެކްޓް ބަލްބް ކުޑަކަން ފާހަގަކުރެވޭ. މި ލޮކްޑައުންއަށް ފަހުން ފެނުނު ގެތަކުގެ ކޭސްތަކުން ކޮންޓެކްޓް ބަލްބް ގާތް ގަނޑަކަށް މި އުޅެނީ އެވަރެޖުކޮން 8 ގައި. އެހެންކަމުން އެމީހުންގެ ތެރޭގައި ބަލި ފެތުރޭ ނިސްބަތް އިންފެކްޝަން ރޭޓް ކުޑަވެގެންދޭ،" ޑޮކްޓަރު ޝީނާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ދެ އިރު ދެ ދަޅައަށް ޖާނުން ބޮޑު ބޭފުޅަކު އަލިފުން ޔާ އަށް ބަލީގެ ނުރައްކާތެރިކަން ކިޔަނިދެނީ އެވެ. އިންޒާރު މަތިމަށްޗަށް ފަތިފަށްޗަށް ދެނީ އެވެ. ވިލާގަނޑެއް އެބަ އާދެޔޯ، އޮއްސާލާނެ އިރެއް ނޭނގެޔޯ ކިޔާ އެންއީއޯސީގެ ތަރުޖަމާން މަބްރޫކު އަޒީޒު ކަރުން ހަންދިއުން ނޫން އެހެން އެއްކަމެއްވެސް ނުވި ކަހަލަ އެވެ. ވިލާގަނޑު ދިވެހިންނަކަށް މަޑެއް ނުކުރިއެވެ. ދިވެހިންގެ ބޯހަރުކަން އެނގުނީ ތޯއްޗެކެވެ. އޮއްސާލީ ވަކި ސުމާރެއް ބަލާފައެެއް ނޫނެވެ. މުޅި ގައުމު އެކީ ހުއްޓިއްޖެއެވެ. އެކަމަކު ދިވެހިން ހަމަ އަދިވެސް މަގުމަތީ އެވެ.

މަބްރޫކަށް ވީ ވަރަކީ އަޑު ކުރެކި ވުމެވެ. އެއް ރޭ ދަންގަޑީ އަރާ އެދިނީ އެއްވެސް މީހަކު އަހަން ބޭނުންވި ހަބަރެއް ނޫނެވެ. ބަލީގައި ދިވެއްސެއްގެ ފުރާނަ ގެއްލި ދިޔަ ވާހަކައެވެ. ދެން ފެނުނީ ދިވެހިން ހެޔޮދުއާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ޝެއާ ކުރުމުން ރެކޯޑް ހަދަން ފެށި މަންޒަރެ އެވެ. އެކަމަކު އެއްވެސް ވަރަކަށް ދިން އިރުޝާދަކަށް ތަބައެއް ނުވެއެވެ. ދެން ކަންވީ ހީވެސް ނުކުރާ ގޮތަކަށެވެ.

ދިވެހިންގެ އުޅުން ފެނި، ޑރ.ޝީނާ ދައްކަވަން ފެއްޓެވީ އާދައިގެ ވާހަކައެއް ނޫނެވެ. ހެޔޮނުވާނޭ ގޭގައި ތިބޭށޭ ވިދާޅުވެ އެދައްކަން ފެއްޓެވީ ބިރުވެރި ވާހަކަ ތަކަކެވެ. ހިޔާލީ ވާހަކައެއް ނުދައްކައެވެ. ވާހަކަ ދެއްކީ ހިސާބު އަދަދުން ނެވެ. އިންޒާރު ދެއްވާ އެދިވަޑައިގަތީ އެންމެން ގޭގައި ތިބުމަށެވެ. ގޭގައި މަޑުނުކުރައްވައިފިނަމަ މުޅި ގައުމު ރޮއްވާލާނެޔޭ ވިދާޅުވެ ޑރ.ޝީނާގެ އިންޒާރުގެ އަދަދުތަކުން ގައުމު ސިއްސުވާލި އެވެ. ނަމަވެސް ދިވެހިން ހަމަ އާންމު އުސޫލުން ދެ ދުވަސް ފަހުން ހަނދާން ނެތެނީ އެވެ. އަނެއްކާވެސް ޑރ.ޝީނާ އަންނަނީ އިންޒާރުގެ ނަންބަރުތަކާ އެކީގަ އެވެ. ދިވެހިން ދިއްކޮށްލަނީ ހަމަ އަނެއްކާވެސް ބީރު ކަންފަތެވެ. ނަތީޖާއަކަށްވީ މުޅި ގައުމު ކޮވިޑުގެ ނުރައްކަލަށް ވެއްޓި، ނޭނގި ނަމަވެސް ތިމާގެ އަތުން ތިމާގެ ދަރި ނުވަތަ މަންމަ ނުވަތަ އާއިލާ މީހަކަށް މަރުގެ ދައުވަތު ދެވުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް