ads
ބީއެމްއެލްގެ ބައެއް ސާމާނު ހިފައިގެން އައްޑޫ އަދި ލ. އަތޮޅަށް ޗާޓަރު ފްލައިޓެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ސާމާނު ހިފައިގެން އައްޑޫ އަދި ލ. އަތޮޅަށް ޗާޓަރު ފްލައިޓެއް މިއަދު ގޮސްފި އެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނިން ޗާޓަރު ކޮށްފައިވާ ހާއްސަ ފްލައިޓެއްގައި އައްޑޫ އަދި ލާމު އަތޮޅަށް މިއަދު ވަނީ އިތުރު ބީއެމްއެލް ކާޑާއި، ޕިން ނަމްބަރުތަކާއި، އޭޓީއެމް މެޝިނުގެ ސްޕެއާ ޕާޓުތަކާއި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ބްރާންޗުތަކަށް ބޭނުންވާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ފޯރުކޮށްދީފައި ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ޒަރޫރީ ބޭންކިންގެ ހިދުމަތްތައް ގައުމުގެ އެކި ހިސާބުތަކުގައިވާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިދުމަތް ހުއްޓިފައިވާ އައްޑޫ ގަން ބްރާންޗް އޭޓިމް އާއި ލ. ގަން ބްރާންޗުގެ އޭޓީއެމުން މިހާރު ހިދުމަތް ލިބިގެން ދާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ހިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. އެ ކުންފުނިން ވަނީ މިދަނޑިވަޅުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. 

ބީއެމްއެލް އިން ވަނީ ބައެއް އަސާސީ ބޭންކިން ހިދުމަތްތައް ދިނުމުގެ ގޮތުން ދެ ދުވަހަކު ބޭންކު ހުޅުވުމަށް ވެސް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް