ads
ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް މަސައްކަތް ކުރޭ!
ވޭތިކުރަމުން މިގެންދަނީ ބަރަކާތްތެރި މަޣްފިރަތުން ފުރިގެންވާ ރަމަޟާން މަހުގެ ރޭތައްކަމުން މި މައްސަރުގެ ސަވާބާއި ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތުކުރިޔަށް އޮތީ އެވެ.

ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ ދަރަޖަަކަށް ރޯދަ މަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި ހޭދަކޮށް މިރޭތަކުގެ ބަރަކާތާއި ދަރުމަށް ލިބިގަތުމަށް ހީވާގިވެ މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. 

މި ރަމަޟާން މަސް އައުމުގެ ކުރިން މި ދުނިޔެއާއި އަލްވަދާއުކީ މީހުންގެ ތެރޭގައި ނުހިމެނި ހެޔޮ ސިއްހަތާއި އާފިޔަތުގައި މި މައްސަރާއި ބައްދަލުވުމަކީ ކުޑަކަމެއް ނޫނެވެ. އެކަމަށް ޝުކުރުވެރިވާ ހާލު މި މައްސަރުގައި ކުރާ ހެޔޮ އަމަލުގެ ސަބަަބުން ސުވަރުގެ ލިބޭ މީހުން ތެރެއިން ވުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެ އެވެ. 

އަޅުގަނޑުމެން ގުނަމުން މި އަންނަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތައް ކަމަށް ވީއިރު، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހޭދުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެ އެވެ. 

އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރެވެ. އަޅުގަޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު ކޮންމެ ދުވަހަކު ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯ އެވެ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ނަމަވެސް އެ މުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވެ އެވެ. އެހެންކަމުން ލައިލަތުލް ޤަދްރުވިލޭރެ އަކީ ރަޙްމާންވަތަން ﷲ ދެއްވާ ދެއްވުންތަަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެކެވެ. 

ރަމަޟާން މަހުގެ ފަހު ދިހައަކީ ރަނުގެ ފުރުސަތެކެވެ. ލައިލަތުލް ޤަދްރުވިލޭރެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބެވެ. އަދި އެރޭ ﷲ އެއްކައުވަންތަ ކުރާ ހާލު އެއިލާހުގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަންކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ހަބަރު އެކަލާންގެ ވަނީ ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް