ads
ފޮޓޯ:އެމްއެމްއޭ
ތިން ދުވަހަށް އެމްއެމްއޭ ހުޅުވަން ނިންމައިފި
މިމަހުގެ 18، 20 އަދި 26 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވުމަށް އެ އޮތޯރިޓީން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ އެ ތިން ދުވަހު އެ އޮތޯރިޓީ ހުޅުވުމަށް ނިންމާފައި ވަނީ ބޭންކުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ކަމަށެވެ. އެގޮތުން އެ ތިން ދުވަހު ވެސް ހެނދުނު 09:30 އިން މެންދުރު 12:00 އަށް އެމްއެމްއޭގެ ހިދުމަތްތައް ލިބޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު އޮފީސްތައް ބަންދު ކުރި ފަހުން އެމްއެމްއޭ އާއި ބޭންކުތައް ވަނީ އަސާސީ ހިދުމަތްތައް ދިނުމަށް ހުޅުވާފަ އެވެ. އަދި މިހާލަތުގައި ކަސްޓަމަރުންނަށް ބޭނުންވާ ގިނަ ހިދުމަތްތައް ބޭންކްތަކަށް ނުގޮސް އޮންލައިންކޮށް ލިބިގެންދާނެގޮތް ބޭންކުތަކުން ވަނީ ހަމަޖައްސާފަ އެވެ. 

އޭގެ އިތުރުން މިދުވަސްތަކުގައި ބޭންކުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ނިންމާފައި ވީނަމަވެސް މިދުވަސްތަކުގައި އާންމުންނަށް ހިދުމަތް ނުދޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް