ads
ޒުވާނަކު ކެއްކުމުގައި---
ދިވެހި ފިރިހެނުން ގެވެހިކަމުގެ "ސާޖް" އަކާއި ދިމާލަށް!
"ގެވެހި އަންހެނުން ބޭނުންވާ ވާހަަކަ އަދި ގެވެހި އަންހެނުން" ގިނަ ފިރިހެނުންނަށް ކަމުދާ ސަގާފަތެއް އޮތީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ އަށަގަނެފައެވެ.

ތާރީހީ ފަތްފުތްތަކުން އެނގޭ ގޮތުގައި ދިވެހި އަންހެން ވެރިންނަކީ ގެވެހި މުރާލި ބައެކެވެ. އެކަމާ ފަހުވެރިވެ އެ ވާހަކަ ދައްކާވެސް އުޅުނެވެ. ދިރިއުޅުމަށް ގެވެހި އަނތްބަކު އިހުތިޔާރު ކުރުމަށް އޭރު މައިންބަފައިން ނަސޭހަތްތެރިވެ އެކަމަށް ބާރު އަޅަމުން ދިޔައެވެ. 

ނަމަވެސް މިހާރު ޒަމާން ބަދަލު ވެއްޖެއެވެ. ވިސްނުންވެސް އަންނަނީ މަޑުމަޑުން ބަދަލުވަމުންނެވެ. ގެވެހި ފިރިހެނުންގެ "ސާޖަކާއި" ދިމާލަށް މިއޮތީ ގައުމު މިސްރާބު ޖަހާފައެވެ.  ކައިވެނި ކުރުމުގެ ކުރިން އަންހެނުން ގެވެހިތޯ ބަލައި އުޅޭ މީހުންގެ އަދަދު މަދުވާން ފަށައިފިއެވެ.  ފިރިމިހާ އާއި އަނބިމީހާ ވެސް ގޭގެ ހުރިހާ ކަމެއްގައި އެކީގަ އެއްވަރަކަށް އުޅޭ ތަން  މަދު މަދުން ނަމަވެސް ފެންނާން ފަށައިފިއެވެ. 

ގެވެހި ރަނގަޅު އަތްބަކު ލިބުމަކީ މީހާގެ މުޅި ހަޔާތް ބާއްޖަވެރި ކުރުވާ ކަމަކަމަށް ދެކޭ މީހުން އުޅެއެވެ. އަނބި މީހާގެ ހަމައެކަނި ޒިންމާއަކީ ގޭގެ ކަންކަމާއި ފިރިމީހާގެ ކަންކަމުގެ އިތުރުން ދަރިންގެ ކަންކަން ތަރުތީބުން ކުރުކަމަށް ދެކޭ މީހީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

"މިހާރު އެބުނާ ގެވެހި އަންހެނުން އުޅޭ ތޯ؟ އަދި އެބުނާ މުރާލި ކުދިން މުޖުތަމައުގައި މަދު. އެފަދަ ކުއްޖަކު ހޯދުމަކީ ކަނޑުން މާވަހަރެއް ހޯދުން ކަހަލަ ކަމެއް،" 

ކަންމިހެން ހުރިއިރު މިހާރު އުޅޭ ގިނަ އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިން ގެވެހި ވެފަ މުރާލިކަމަށް މި ބުނަނީ ސަބަބުތަކެއް ނެތި އެއްނޫނެވެ. އެމަންޒަރު ސޯޝަލް މީޑިއާއިންނާއި ހަމަލޮލަށް ވެސް ފެންނާތީއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި "ގިނަ ކުދިންނަށް ގޭގެ ކަންކަން ކުރަން ނޭންގޭކަމީ ހިތާމަކުރަންޖޭ" ކަމެކެވެ. 

އަނެއްބަޔަކު  ދެކޭގޮތުގައި ދީނީ ގޮތުން ގޭތެރޭގެ ހުރިހާކަމެއް ކުރަންޖެހޭނީ އަންހެން މީހާއެވެ. ނަމަވެސް، ގޭތެރޭގެ މަސައްކަތްތަކަކީ ވެސް ބަހާލައިގެން އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ކުރަންޖެހޭ ކަންތައްތަކެއް ކަން ވެސް އަންނަނީ ހާމަވަމުންނެވެ. 

ބޯދާ ވިސްނުމުގެ ތެރެއިން ހީވެފައި އޮތީ ގޭތެރޭގެ މަސައްކަތްތައް ވެސް ކުރަންޖެހޭނީ އަންހެން ވެރިން އެކަނި ކަމަށެވެ. ނަމަވެސް، ބަވަނަވެފައިމިވާ ދުނިޔޭގައި މައުލޫމާތު ހޯދައި ލިބިގަނެ ފެތުރުމަށް ހުޅުވިފައިމިވާ ދޮރުތަކުގެ ސަބަބުން، ގެވެހި ވުމަކީ ހަމައެކަނި އަންހެން މީހާގެ މައްޗަށް އޮތް ކަމެއް އެކަނި ނޫންކަން ގަބޫލުކުރާ ފިރިހެނުން ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ. 

ތަފާސް ހިސާބު ދައްކާގޮތުން ފިރިހެނުންނަށްވުރެ ހަތަރުގުނައިތުރަށް އަންހެނުންނުން ގޭތެރޭގެ މަސައްކަތްތަކާއި އާއިލީ މަސައްކަތައް ކުރެއެވެ. 

މި ފަރަގު ނައްތައިލުމަކީ މުހިންމުކަމެކެވެ. ސަބަބަކީ އާއިލާއެއް ބިނަކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް އެކަނިކަމަށް ނުވާތީއެވެ. އަދި ކުރީގެ ބޯދާ ވިސްނުމާ އެއްގޮތަށް ފިރިހެނުންގެ ހަމައެކަނި މަސައްކަތަކީ ފައިސާ އެއްކުރުމެއްވެސް ނޫނެވެ. ދެ ޖިންސުގެ މީހުންނަށްވެސް ގޭތެރޭގެ މަސައްކަތާއި އެއްވަރަށް ފައިސާ ލިބޭ މަސައްކަތްކުރުމުގެ ހައްގު ވެސް އޮންނަންޖެހޭނެއެވެ. 

"ފިރިމީހާއަށް ކައްކާފަ ކާންދޭން ނޭންގޭ އަންހެން ކުދިން ތިބުމަކީ ލަދު ގަންނަން ޖެހޭ ކަމެއްކަމަށް ވިސްނި ޒަމާނުގެ އިރު އޮއްސެނީ" އެވެ.

ޒަމާނުއްސުރެ ގޭތެރޭގެ މަސައްކަތްތައް އަންހެނުން ލައްވައި ކުރުމުގެ ނަތީޖާއެއްގެ ގޮތުން ޒުވާން އުމުރު ފުރާއަށް އަޅައިގަންނައިރު، މިހާރު ގިނަ އަދަދެއްގެ އަންހެން ކުދިންް އަންނަނީ، ގޭތެރޭގެ މަސައްކަތް ކުރުމަށް ފޫހި ވަމުންނެވެ. ކަން ވާނީވެސް އެހެން ނޫންތޯއެވެ؟ ބައެއް ފިރިހެނުން ދެކޭ ގޮތުގައި މިއޮއް ފަދަ ރޯދަ މަހުގައި ވެސް ތިމާ ކާތަށިވެސް ދޮންނަށް ޖެހޭނީ ގޭގަ އުޅޭ ކޮންމެވެސް އަންހެނެކެވެ. 

ކޮވިޑް 19 ގެ މި ބަލިމަޑުކަމުގައި ގޭތެރޭގައި ލޮކްޑައުން ވެފައިތިބޭއިރު، ކުރާނެ ކަމެއް ނެތިގެން ބައެއް ފިރިހެނުން ލާހޫރުމަށް ވެސް ގޭތެރޭގެ މަސައްކަތް ކުރުން މާ ބުއްދިވެރިއެއް ނޫންތޯއެވެ؟ މަޑުމަޑުން ގެވެހި ފިރިހެނުންގެ 'ސާޖެއް' މިއައީ މި ލޮކްޑައުންއާއި ގުޅުވައިގެން ނޫންތޯއެވެ؟ 

ގެވެހި އަންހެން ކުދިން މަދު ވާހަކަ އެއް ބަޔަކު ދައްކާއިރު ކުރިއާ އަޅާބަލާއިރު މިހާރު އުޅޭ ފިރެހެން ކުދިން ގޭތެރޭ ކަންކަމާއި ބަދިގޭގައި މާ ކުޅަދާނަ އެވެ. ކެއްކުމުގައި ގެވެހި  ޗާޓުން އެއްވަނައިގަ ބައެއް ފިރިހެނުން އަންނަނީ ވާދަކުރަ،މުންނެވެ. 

ކާތަކެތި ހެދުމާއި ގޭކަންކަން ކުރުމުގެ އިތުރުން ދަރިންގެ ކަންކަމުގައިވެސް ހުނަރުވެރިވެފަ އެހާމެ ކުޅަދާނަ އެވެ.

ކާބަފައިންގެ ޒަމާނުގައި މީހަކާ އިނުމުގައި ބެލި ކަންކަމުގައި މިހާރު މިވަނީ ކޮޅު ބަދަލުވެފަ އެވެ. ކައިވެނިކުރުމުގައިވެސް ކުރިން ބެލި ގޮތަށް ގިނަ އަންހެން ކުދިން ބަލާ އެއްކަމަކީ ފިރިހެން ކުއްޖާއަށް މީރުކޮށް ކައްކަން އެނގޭތޯ އާއި ގޭގެ ކަންކަން ކުރަން އެނގޭތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް