ads
ރައީސް ނަޝީދު މަޖިލީހުގައި -- ފޮޓޯ / މަޖިލިސް
ރައީސް ނަޝީދަށް އުފަންދުވަހުގެ ތަހުނިޔާތައް ބަންޑުންކޮށްލައިފި!
މިއަދަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް، މުހައްމަދު ނަޝީދުގެ 53 ވަނަ އުފަން ދުވަހެވެ.

ރައީސް ނަޝީދުގެ އުފަންދުވަހުގައި އެތައް ބަޔަކު އަންނަނީ އެ މަނިކުފާނަށް އުފަން ދުވަހުގެ ތަހާނީ ފޮނުވަމުންނެވެ. ރައީސް ނަޝީދަށް މިއަދު 53 އަހަރު ފުރިވަޑައިގަތްއިރު، އެމަނިކުފާނަކީ މިއަދު ވެރިކަމުގައި އޮތް އެމްޑީޕީގެ ރައީސްއެވެ. ރައްޔިތުންގެ މަަޖިލީހުގެ ރައީސް އެވެ. ދިވެހި ތާރީހުގައި ވެސް ، ރައީސްގެ ލަގަބު ދެ ފަހަރަށް ވިދިވިދިގެން ލިބި ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ. 

ގިނަ ބަޔަޔަކު ރައީސް ނަޝީދަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން އަންނައިރު، މި ދަނޑިވަޅަކީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެކެވެ. 

ދިވެހިރާއްޖޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ފޭން ބޭސް އެއް އޮތް އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އުފަން ދުވަހާއި ގުޅުވައިގެން އެ މަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ވާހަކަ ސަޕޯޓަރުން އަންނަނީ ދައްކަމުންނެވެ. 

މި ލޮކްޑައުން ތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، މަޖިލިސް ހުޅުވައި، އެ މަޖިލީހުގެ ކަންކަން ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެމަނިކުފާނުގެ ހިތްތިރިކަމާއި، ސާދާ ދިރިއުޅުއްވުމަށް ކުރައްވާ ލޯތްބެވެ. އަދި ރައީސް ނަޝީދަށް 53 އަހަރު ވެއްޖެކަމަށް ބުނުމުން ބައެއް ކުދިންނަށް އެކަން ގަބޫލުކުރަން ވެސް ދައްޗެވެ. 

ރައީސް ނަޝީދަކީ ދިވެހި ތާރީހު ބަދަލު ކޮށްލެއްވި ބޭފުޅެކެވެ. ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، މަލްޓިޕާޓީ ޑިމިކޮކްރަސީއެއް ރާއްޖެގެނެސް އެ ކަންކަމަށް ދިވެހިން އަހުލުވެރުކުރުވުމުގައި ރައީސް ނަޝީދު އަދާކުރައްވާފައިވާ މުހިންމު ރޯލުގެ މަތިން ދިވެހިން  ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. 

 އޭގެ އިތުރުން އެ މަނިކުފާނު ގެންދަވަނީ ދިވެހިތާރީހާއި ގުޅޭ ފޮތެއް ލިޔުއްވަމުންނެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެ ފޮތް ނެރުއްވުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް