ads
ފޮޓޯ: މާލެ ސިޓީ ކައުންސިލް
"ނިއު ނޯމަލް" ގައި ދިވެހިންނަށް ހިފަހައްޓާ ލެވޭނެތަ؟
ކޮވިޑް19 އާއި އެކު މުޅި ދުނިޔެ ތަހައްމަލު ކުރަމުން މިގެންދަނީ މީންދުވަހަކުވެސް ތަހައްމަލު ކުރާނެ ކަމަށް ދެކިފައިނުވާ ފަދަ ދުވަސްތަކެކެވެ.

ރާއްޖެއިން ކޮވިޑް19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވެފައިވަނީ މާޗް ހަތްވަނަ ދުވަހު ތުރުކީއަށް ނިސްބަތްވާ މީހެކެވެ. އެންމެ ފުރަތަމަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އޭގެ 20 ދުވަސް ފަހުން މާޗް 27 ވަނަ ދުވަހު އެވެ. މާލެ އިން މީހަކު އެންމެ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އޭޕްރިލް 15 ދުވަހު އެވެ. 

އޭގެ ފަހުން ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވަމުންނެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1078 ކަށް ވަނީ އަރާފައެވެ. މިބަލިން 58 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. 

އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި އެކު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން އިއުލާނު ކޮށް މާލެ ސަރަހައްދު ވަނީ އެކީ އެކައްޗަށް ބަންދުކޮށްފައެވެ. ފުރަބަންދެއްގައި ތިބިތާ މަސްދުވަސްވީއިރު ސްކޫލްތަކާއި އޮފީސްތަކާއި މިސްކިއްތައް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވޭތުވެއްޖެ އެވެ. 

އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމާއި ބައްޔާއި އެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެކި ފަރާތްތަކުން އައީ މީގެ ކުރިން ބުނަމުންނެވެ. ނަމަވެސް ނިއު ނޯމަލްގައި ބައްޔާއި އެކު އުޅެން ދަސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އެއީ ކުރިން އުޅުނު ފަދަ މިނިވަން ކަމެއްގައި އުޅުމަށް ލިބޭ ފުރުސަތެއްކަމަށް ދެކުމަކީވެސް ވާނީ ގޯހަކަށެވެ. 

އެހެން ނަމަވެސް ސުވާލަކީ ނިއު ނޯމަލް ގައި ދިވެހިންނައް ކިހާދުވަހު ހިފަހައްޓާލެވިދާނެތޯއެވެ. މި ސުވާލު އުފައްދަން ޖެހެނީ މާލެ ސަރަހައްދު މިނުރައްކަލުގައި ފުރަބަންދުގައި އޮތްއިރުވެސް ހަމަޖެހިފައިވާ އިމުގެ ބޭރުން ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި އުޅޭކަމަށް ކަމާބެހޭ އިދާރާތަކުން މައުލުމާތު ދޭތީއެވެ. 

ފުލުހުންގެ ރިކޯޑްތައް ދައްކާގޮތުން ހުއްދަ ނުހޯދާ ބޭރުގައި އުޅުމުގެ ސަބަބުން މިހާތަނަށް ފުލުހުން ވަނީ 3800 އަށް ވުރެއް ގިނަ މީހުން ޖޫރިމަނާ ކޮށްފައެވެ. އަދި 200 އަށް ވުރެއް ގިނަ މީހުން މިހާތަނަސް އައިރު ވަނީ ހައްޔަރުކޮށްފައެވެ. 

ނިއު ނޯމަލް އަކީ ކުރިން އުޅުނު ފަދަ މިނިވަން ކަމެއްގައި އުޅުމަށް ލިބޭ ފުރުސަތެއް ނޫންކަން ހާމަވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ދައްކަވާފައިވާ ވާހަކަތަކުންނެވެ. 

your imageޑރ. އިބްރާހިމް އަފްޒަލް--

"ނިއު ނޯމަލްގައި ފޯނު ގެންގުޅުއްވާނީ އެމީހެއްގެ ފޯނު އެ މީހަކު، އެއްވެސް މީހަކާ ހިއްސާއެއް ނުކުރާނެ. ހާއްސަގޮތެއްގައި ވަރަށް ގިނައިން އަޅުގަނޑުމެނަށް ކުރެވޭ ކަމެއް އެއީ އަޅުގަނޑުމެން ގެންގުޅޭ ފޯނު ކުޑަކުދިން އަތަށް ދިނުން އެއީ އެކުދިން ވެސް ބައެއްފަހަރު ނަގާވެސް ފާނެ އެހެން ތަނަކު އޮވެއްޖިއްޔާ. އެހެން ނަމަވެސް ނިއު ނޯމަލްގައި މަސައްކަތް ކުރާއިރު ފޯނު ފަދަ ތަކެތި، އެއީ ފޯނަކީ ވަރަށް ގިނައިން އަޅުގަނޑުމެން އަތްލާ އެއްޗެއް އަދި ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ހަނދާން ނެތިފައި ހުރެދާނެ އޭތި ސާފުކޮށްލަން ވެސް." ޑރ. އަފްޒަލް ވިދާޅުވި އެވެ.

ތިމާގެ ފޯނު މީހަކަށް ދިނުމަކީ ކުޑަ ކަމަކަށް ވީއިރު ނިއު ނޯމަލް އެއްގައި އެއީ ވަރަށް ބޮޑުކަމެކެވެ. ޑރ. އަފްޒަލްގެ މިވާހަކައިން އެކަނިވެސް ކަމުގެ ސީރިއަސްކަން އެބަ ހާމަވެއެވެ. 

ނިއު ނޯމަލް އަކަށް ދާއިރު ކުރިން އުޅުނު ވަރަށް މަގުމަތީގައި ނޫޅެ އެކަން ކޮންޓްރޯލް ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. މި ބަލި އިތުރަށް ފެތުރި ގިނަ ބަޔަކަށް ނުޖެހި ސަލާމަތްވާނީ "ހަގީގީ ނިއު ނޯމަލް" އެއްގައި އުޅެގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް