ads
ޓެކްނޮލޮޖީ މިނިސްޓަރު މަލީހް--
ރާއްޖޭގެ މުވާސަލާތީ ނިޒާމް އެދެވޭގޮތެއްގައި ގާއިމްވެފައި އޮތުމީ ވަރަށް ބޮޑި ހިތްހަމަޖެހުމެއް: މަލީހް
ރާއްޖޭގެ މުވާސަލާތީ ނިޒާމް އެދެވގޮތެއްގައި ގާއިމްވެފައި އޮތުމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއި އެކު ދުނިޔޭގައި ޓެލެކޮމިއުނިކޭޝަން ވަސީލަތްތަކުގެ ބޭނުން އިހުނަށްވުރެ އިތުރުވެފައި ވާކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅަކީ އެކަކު އަނެކަކާއި ބައްދަލުނުވެ ގައިދުރުކޮށް ތިބުން ކަމަށާއި އެހެން ކަމުން މުވާސަލާތީ ވަސީލަތްތަކުގެ ބޭނުން ވަރަށް ބޮޑުވެފައި ވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވަނީ މިހާރު މުހިންމު ޖަލްސާ ތަކާއި ބައްދަލުވުންތައް ބޭއްވެނީ އިންޓަނެޓް މެދުވެރިކޮށް ކަމަށާއި ކޮވިޑް-19 ކޮންޓްރޯލް ކުރަން، ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރަނީ މިގޮތަށް ފާހަގަކުރައްވާފަ އެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މިހާރު ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތް ވެސް އިންޓަނެޓްގެ ޒަރިއްޔާއިން މިހާރު ފޯރުކޮށްދޭން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ، މުވާސަލާތީ ހިދުމަތްތަކުގެ ބޭނުން އެތައްގުނައެއް އިތުރުވާ މިދަނޑިވަޅުގައި ސަރުކާރުގެ އެދުމާއި އެއްގޮތަށް ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން ރަނގަޅު ފެންވަރެއްގައި މިހިދުމަތްތައް ރައްޔިތުންނަށް ފޯރުކޯށްދީ ދަމަހައްޓަން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކަށް ރިޔާއަތްކޮށް ރައްޔިތުންނަށް ލުއި ލިބޭނެ ގޮތަށް ޑޭޓާ އެލަވެންސްތަކާއި ޑިސްކައުންޓްތައް ތައާރަފް ކޮށްފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. 

މީގެ އިތުރުން، ރާއްޖޭގެ މުވާސަލާތީ ނިޒާމާއި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ރޭވި ކުރެވެމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، މުވާސަލާތީ ހިދުމަތްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއި އެކު ހިދުމަތްތައް ލިބިގެންދާނެ ގޮތް ހެދުމުގެ މަސައްކަތް ކުރެވުމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މުވާސަލާތީ ނިޒާމުތަކުގެ ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ކުރިއަށް އޮތްތާގައި މިއަދަދު މިއަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް