ads
ބަންގްލަދޭޝް ލީގުގެ މެޗެއްގެ ތެރެއިން
ބަންގްލަދޭޝް ލީގު ކެންސަލް
ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން ކެންސަލްކޮށްފިއެވެ. ބަންގްލަދޭޝް ޕްރިމިއަރ ލީގު ކެންސަލް ކުރީ އާދިއްތަ ދުވަހު ބޭއްވި ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއެއްގައެވެ.

އާދިއްތަ ދުވަހު އޮތް ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ލީގު ކެންސަލް ކުރީ، އެއްވެސް ޓީމަކަށް ޗެމްޕިއަންކަން ނުލިބޭ ގޮތަށް އަދި އެއްވެސް ޓީމެއް ރެލިގޭޓްވެސް ނުވާ ގޮތަށެވެ.

 ލީގު ކެންސަލް ކުރަން އާދިއްތަ ދުވަހު ނިންމިއިރު، ކޮވިޑާއި ގުޅިގެން މާރިޗު މަހުން ފެށިގެން ބަންގްލަދޭޝް ލީގު އޮތީ މެދު ކަނޑާލާފައެވެ. ލީގު ފެށުނީ ފެބުރުއަރީ މަހުއެވެ. އެހެންކަމުން ލީގު ކެންސަލް ކުރިއިރު ކުޅެވިފައިވަނީވެސް ވަރަށް މަދު މެޗުތަކެކެވެ.

 ބަންގްލަދޭޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗު ކުޅެފައިވަނީ މާރިޗު މަހުގެ ފަނަރަވަނަ ދުވަހުއެވެ. އޭރު އަދި ނުކުޅެ ބާކީ ސަތޭކައަށްވުރެ ގިނަ މެޗު އެބައޮތެވެ.

ބަންގްލަދޭޝް ލީގު ކެންސަލް ކުރަން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، އިންޑިޔާ ފެޑެރޭޝަނުންވެސްވަނީ މި އެ ގައުމުގެ ލީގު ނިންމާލާފައެވެ. އަދި ރާއްޖޭންވެސްވަނީ ސީޒަންގެ ބާކީ ބައި މެދު ކަނޑާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް