ads
ބެޑްމިންޓަން އެކްސްކޯ މެންބަރުން ވީޑިއޯ ކޮންފަރެންސްކޮށް ބައްދަލުކުރައްވަނީ
ބެޑްމިންޓަން އައު އެކްސްކޯ ބައްދަލުވުން ވީޑިއޯ ކޮންފަރެންސްކޮށް
ފެބްރުއަރީ މަހު އިންތިހާބު ކުރި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވީޑިއޯ ކޮންފަރެންސްކޮށް ބާއްވައިފިއެވެ. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި މި ބައްދަލުވުން އޮތީ ހޮނިހިރު ދުވަހުއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން ބޭއްވީ ސްކައިޕް މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓްރީ ކަމަށް، ކުރިންވެސް އެ މަގާމު ފުރުއްވި އިޝްފާން މުހައްމަދު އައްޔަން ކުރެއްވިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނި ގޮތުގައި އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި، ކޮވިޑާއި ގުޅިގެން މިހާރު މި އޮތް ހާލަތުގައި ގައުމީ ޓީމްތަކުގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި އެ އެސޯސިއޭޝަންގެ ބައެއް ކޮމިޓީތައް އެކުލަވަލާލުން ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރުން އިއުލާން ކުރައްވާފައިވާ ސިއްހީ ކުއްލި ހާލަތާއި ގުޅިގެން މާރިޗު މަހުގެ މެދުތެރޭ، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގައުމީ ބެޑްމިންޓަން ސްކޮޑުގެ ޕްރެކްޓިސްތަކާއި ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) ހުރިހާ ޕްރޮގްރާމެއް ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ ހުއްޓާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް