ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: އަވަސް
ވޯލްޑް ހެލްތް އެސެމްބްލީގައި ހެލްތް މިނިސްޓަރު އަމީން މިރޭ ތަގުރީރުކުރަނީ
މިއަހަރުގެ ވޯލްޑް ހެލްތް އެސެމްބްލީގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވާނެކަން ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށްދާ 73 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގަައި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުންނާއި ކޯވިޑް-19 އާއި ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންއިން ބައިވެރިވާނެ ކަން ހެލްތް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

މިނިސްޓަރު އަމީން ތަގުރީރު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިރާކޮޅުގައިކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "ކޮވިޑް-19 ރެސްޕޯންސް" އާ ބެހޭ ގޮތުންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ގައުމު ތަކުގެ ސިއްހަތާ ބެހޭ ވަޒީރުނާއި ސިއްހީދާއިރާގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިބައްދަލު ވުމަކީ ބައިނަލްއަގްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުކެވެ.

މީގެކުރިން މިބައްދަލުވުމަކީ ސްވިޒަލޭންޑްގެ ޖެނީވާ ކޮންމެ އަހަރަކު ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމަކަށްވާއިރު މިއަހަރުގެ ގެ ބައްދަލުވުމަކީ އެހެން އަހަރުތަކާ ހިލާފަށް ދެ ދުވަހުގެ މުއްދަތަށްކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އެގޮތުން ބައްދަލުވުން ކުރިއަށްދާނީ  މިމަހުގެ ގެ 18 އިން 19 ގެ ނިޔަލަށެވެ.

ކޮންމެ ދުވަހުކު ތިން ސެގްމެންޓަށް ބަހާލައިގެން ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެމްބަރު ގައުމު ބައިވެރިވާނެއެވެ.

މިއަހަރުގެ ބައްދަލުވުން ނިމިގެންދާނީ ކޯވިޑް-19 އާ ގުޅޭގޮތުން ސިއްހަތާ ބެހޭ ވަޒީރުން އެއްބަސްވާ އެއްބަސްވުމެއް އެންޑޯޒް ކުރުމަށްފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް