ads
މިނިސްޓަރ މަހްލޫފު
މަހުލޫފު ދެވަނަ ފަހަރަަށް އައިސޮލޭޝަނަށް
ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ދެވަނަ ފަހަރަށް ހޯމް އައިސޮލޭޝަނަށް ދާން ޖެހިއްޖެއެވެ. މިނިސްޓަރު މަހްލޫފް ހޯމަ ދުވަހު އިރުއޮއްސުނު އިރު ކުރެއްވި ޓްވީޓެއްގައިވަނީ މިކަން ހާމަކުރައްވާފައެވެ.

މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިރިއުޅުއްވާގެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ގެއެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ ގެއަކަށް މީހުން ވަދެ ނުކުމެ އުޅުން މަނާކުރެއެވެ.

"ދިރުއުޅޭ ގެއިން މީހަކު ޕޮސިޓިވްވުމާއި ގުޅިގެން އެޗްޕީއޭގެ އެންގުމާއި އެއް ގޮތަކަށް ބަސް އަހައިގެން ގޭގައި. ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް އަމަލުކުރުން މުހިއްމު. ﷲގެ ވާގިފުޅާއި އެކު މިހާލަތުގައިވެސް ގައުމުމިއޮތީ ކަމާގުޅޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމުން" މަހުލޫފު ވިދާޅުވިއެވެ. 

މިނިސްޓަރު މަހްލޫފު އެންމެ ފުރަތަމަ ހޯމް އައިސޮލޭޝަނަށް ދާން ޖެހުނީ މިދިޔަ މަހު، މިނިސްޓަރު ވޮލަންޓިއާކޮށް ޑެލިވަރީގައި އުޅުއްވަނިކޮށް މިނިސްޓަރު ޑެލިވަރީއަށް ވަޑައިގެންނެވި ފިހާރައަކުން ބަޔަކު ކޮވިޑަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އެ ފަހަރު މިނިސްޓަރު ޑެލިވަރީގައި އުޅުނު ފިހާރައަކުން މީހަކު ޕޮސިޓިވްވުމާއި ގުޅިގެންވެސް ސާދަ ދުވަހު މިނިސްޓަރު މަހްލޫފު އައިސޮލޭޝަންގައި ގޭގައި ހުންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް