ads
މާލޭ މަގުތަކުން އެމްއެންޑީއެފުން ފެން ހިންދަނީ -
މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ފެންހިދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން  މާލޭ ގަމުތަކުގައި ހެދިފައިވާ ފެން  ހިންދުމުގެ މަސައްކަތްކަތް ފަޔަ އެންޑް ރެސްކިއުއިން ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިރޭ  އިރު އޮއްސި 18:36 ހާއިރު  ސްޓޭޓް  ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓޯއޯ) ގެ  ފުށް ގުދަން ކައިރީ ފެން ބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ޕަމްޕް ބަހައްޓައިގެން  ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން  ވެސްޓް ޕާކް ސަރަހައްދުގައި ހެދިފައިވާ ފެން ގަނޑު ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ވިއްސާރަވެ މާލޭ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެ އެވެ. އަދި ބައެއް ރައްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބެމުން އަންނަކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ގެތަކުގެ ފުރާޅު އެއްލައިލާ  ފެން ވަނަމުން ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް