ads
ރަންވީރް ސިންގް
ރަންވީރް ސިންގްް ގެ ކުޑައިރުގެ މި ފޮޓޯ ފެނުނުތަ؟
ސަޕޯޓްކުރާ ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންގެ ކުޑަ އިރުގެ ފޮޓޯ ތަކަކީ ފޭނުން ވަރަށް ގަޔާވާ ފޮޓޯތަކެކެވެ. އެހެން ނަމަވެސް މިފަދަ ފޮޓޯތައް އާންމުކޮށް ފެންނާނީ ވަރަށް މަދުންނެެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރް ސިންގް މިވަނީ މިފަހަރު އޭނާގެ ކުޑައިރުގެ ފޮޓޯ އެއް ފޭނުންނާ ހިއްސާ ކޮށްފަ އެވެ. 

ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން ގޭގައި ތިބެގެން ގިނަ ތަރިންތަކެއް ފޭނުންނާއި ގުޅުން ބަދަހި ކުރަމުންދަނީ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ. އެކި ޕްލެޓްފޯމްތަކުގައި ފޭނުންނާއި އެކު އޮންލައިން ގިނަ ހަރަކާތްތަކެއް ތަރިން ކުރަމުން އަންނަ އިރު ކުޑަ އިރުގެ ހަނދާންތައް އާކޮށް އޭރުގެ ފޮޓޯތައް ހިއްސާ ކުރަން މިވަނީ ފަށާފަ އެވެ. 

ރަންވީރް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު، ގިނަ ބަޔަކު ވަނީ ކުޑައިރު ރަންވީރު ލޯބި ކަމުގެ ވާހަކަ ދައްކާފަ އެވެ. 

ފޮޓޯ އިން ފެންނަ ގޮތުން ރަންވީރް ހުރީ މަޝްހޫރު ޑަބްލިޔުޑަބްލިޔުއީ ތަރި ހަލްކް ހޯގަން ގޮތަށް ޕޯސް ކޮށްގެންނެވެ. އަދި މިފޮޓޯ އާއި އެކު ރަންވީރް ބޭނުންކޮށްފައި ވެސް ވަނީ ހަލްކް ހޯގަންގެ ބަސްކޮޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް