ads
ގއ. ކޮލަމާފުއްޓަށް އުދައަރާފަ- ފޮޓޯ ސޯސަލް މީޑިއާ
ކޮލަމާފުއްޓަށް އަދަޔާ ހިލާފަށް އުދަ އަރައިފި
ގއ. ކޮލަމާފުއްޓަށް އާދަޔާ ހިލާފަށް އުދަ އަރައިފި އެވެ.

ސީއެމްއެންއެމްއަށް މައުލޫމާތު ދެމުން ކޮލަމާފުށި އާންމު ރައްޔިތަކު ބުނީ ކޮލަމާފުއްޓަށް އުދަ އަރާފައިވަނީ ރޭ 9:30 ފެށިގެން 11:00 ހާއިރުކަމަށެވެ. އެގޮތުން ރަށުގެ އެކި ދިމާލުން އުދައިގެ އަސަރުކޮށްފައިވާއިރު އާދަޔާ ހިލާފަށް އުދައެރިކަމަށެވެ. ހުޅަނގު މުސުން ގޯސްވެ ވިއްސާރަ ކުރާއިރު ކުރިންވެސް އުދައަރާކަމަށައި ނަމަވެސް ރޭ ގޮނޑުދޮށުގެ ވެލި ގަނޑުމަތިން އުދައަރާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެންމެ ބޮޑަށް އުދައަރާފައިވަނީ ފުއްޓަރު ފަރާތުން ކަމަށާއި ބޮޑު މަގުގެ މެދާ ހިސާބަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ރަށުތެރެއަށް އުދަ އެރުން ކޮންޓްރޯލު ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް މައުޅުމާތުދީފައިވެއެވެ. 

ކޮލަމާފުއްޓަށް ރޭ އުދައަރާފައިވާއިރު ރާއްޖޭއަށް ކުރަމުން އަންނަ ވިއްސާރާގައި އެކި ރައްތަކަށް އަންނަނީ ބޮޑުތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ބައެއް ރައްތަކުގެ މިސްކިތުގެ މުންނާރުގެ ބައެއް ވެއްޓިފައިވާއިރު ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. އަދި ބޮޑެތި ރުއްގަސް ވެއްޓެމުންދެ އެވެ.

މީގެ އިތުރުން މާލޭ ސަރަހައްދަށް ވިއްސާރައިގެ އަސަރުކޮށް އެކި ގަސްތައް ވެސް ވެއްޓިފައިވާއިރު މަގުތަކުގައި ހެދިފައިވާ ފެން ހިންދުމުގެ މަސައްކަތް ރޭ އެމްއެންޑީއެފުން ވަނީ ކޮއްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް