ads
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު -- ފޮޓޯ: ރައީސް އޮފީސް
ސްޓެލްކޯ އެމްޑީގެ މުސާރަ އާންމުވި ސަބަބު ހޯދަން އުޅުމުން ކަންބޮޑުވޭ: އައިކޮމް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނެޖީން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އެއް އާންމުވި ސަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފި އެވެ.

އައިކޮމް އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ މުސާރައާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރު ވާންޖެހޭ މައުލޫމާތެއް ނޫން ކަމަށާއި އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ. 

އެހެން ކަމުން ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް ފޮނުވި ސިޓީ އާންމުވި ސަބަބު ތަހުގީގުކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމްކުރުމަށް އައިކޮމް އިން ވަނީ ގޮވާލާފަ އެވެ. 

އައިކޮމް އިން ބުނީ ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމްކޮށް އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި އޭރުން އިދާރާތަކުގެ ތަސައްވަރު ރަނގަޅުވާނެ ކަމަށް ވެސް އައިކޮމް އިން ބުނެ އެވެ. 

އައިކޮމް އިން ވަނީ މި މަގަށް ކުންފުނިތަކާއި ދައުލަތުގެ އެންމެހާ އިދާރާތަކުން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް