ads
ފ. ނިލަންދޫ---
ސިއްހީ ފަރުވާ ހޯދަން އަންނަ މީހުންނަށް ނިލަންދޫ ގެތަކުގައި ނުތިބެވޭނެ!
ފ. ނިލަންދޫއަށް ސިއްހީ ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް އެރަށު މީހުން ދިރިއުޅޭ ގެތަކުގައި ނުތިބެވޭ ގޮތަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ނިލަންދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ  ދިވެހި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލުކުރުމަށާއި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް ގިނަ މީހުން އެއްވެ އުޅުމަށް ލުޔެއް ލިބެންދެން މިއަދުން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް އެރަށު ޓާސްކް ފޯހުން އަންގާފައިވާ ކަމަށެވެ.

އެގޮތުން ނިލަންދުއަށް ސިއްހީ ފަރުވާ ހޯދުމަށް އައިސް މަޑުކުރާ ފަރާތްތަކަށް އެރަށު ގެތަކުގައި މަޑުނުކުރުމަށް ޓާސްކް ފޯހުން އަންގާފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ ސިއްހީ ފަރުވާ ހޯދުމަށް އައިސް ތިބޭ ފަރާތްތަކަށް ރަނގަޅު ފެންވަރުގެ އެކަމަޑޭޝަން ހުރުމުން ކަމަށެވެ.

މި ދަނޑިވަޅުގައި ނިލަންދޫ ރައްޔިތުންވެސް ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެހެން ގެތަކަށް ދިއުން ހުއްޓުވާލާފައި ވުމުންކަމަށް ކައުންސިލުން ނެރުނު އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ރައްކާތެރިވުމަށް އަޅާ އެހެން ފިޔަވަޅެއްގެ ގޮތުގައި ޓާސްކް ފޯހުން އަންގާފައިވަނީ ސިއްހީ ފަރުވާ ހޯދުން ފިޔަވައި ޒަރޫރީ ބޭނުންތަކަށް އެހެން ރަށްރަށުގެ މީހުންނަށް ނިލަންދޫއަށް ކުރެވޭނީ އެއްދަތުރު ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނަށް އެހެން ރަށްތަކަށް ދެވޭނީވެސް ދުވާލަކު އެއްދަތުރުކަމަށް ކައުންސިލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް