ads
އދ. މަހިބަދޫ----
މަހިބަދޫގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް
އދ. މަހިބަދޫގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީމާކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. 

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. 

މި އެކްސިޑެންޓު ހިނގިއިރު 54 އަހަރުގެ މީހާއިނީ، އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ފަހަތުގައެވެ. 28 އަހަރުގެ މީހާއަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ އަތުގައި ލައިސަންސަންސެއް ނޯވެއެވެ. 

އެކްސިޑެންޓުވީ ދެވަނަ ސައިކަލުގައި އިން 48 އަހަރުގެ މީހާގެ އަތުގައި ލައިސަންސު އޮވެއެވެ. 

އެ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:25 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް