ads
ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން---ފޮޓޯ: ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބުތަކަށް ނިމުން ގެންނަނީ ޖުމްހޫރީ ހަމައިގެ ތެރެއިން: ނިހާން
ވެދިޔަ ހުރިހާ ރިޔާސީ އިންތިހާބުތަކެއްގެ ނިއްމުމުގެ ހުރިހާ ބާރެއް ގެނައީ ޖުމްހޫރީ ހަމައިގެ ތެރެއިން ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިމިގެން ދިޔަ ހުރިހާ ރިޔާސީ އިންތިހާބުތަކެއްގައި ވެސް ގޮތް ނިންމުމުގެ ހުރިހާ ބާރެއް ގެނައީ ޖުމްހޫރީ ހަމައިގެ ތެރެއިން ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މާމިގިލީގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ހޭލާ އޮންނަ ޕާޓީއެއް ކަމަށާއި ރައްޔިތުންގެ ފުށުން ފެށިގެން އަންނަ ވެރިކަމުގެ ބާވަތަކީ ޖުމްހުރީ ވެރިކަން ކަމަށެވެ.

ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލިގެފާނު ދިވެހި ރައްޔިތުންގެ މުތަގައްދިމް ޕާޓީ އުފައްދަަވައިގެން އެ ރައްޔިތުންނަށް ދަސްކޮށްދެއްވަން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އެއީ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަކީ ދިވެހިންނަށް ކުރެވުނު އެތައް ތަޖުރިބާއެއްގެ މައްޗަށް އެކުލަވާލެވުނު ގާނޫނުއަސާސީއެއް ކަމަށެވެ. މިގާނޫނުއަސާސީ އަކީ ރައްޔިތުންގެ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީ ކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސަކީ ވެސް އަދި މުޝީރަކީ ވެސް ގާސިމް އިބްރާހީމް ކަމަށެވެ.

ނިހާން ވިދާޅުވީ ގާނޫނުއަސާސީގައިވާ އެންމެ މުހިއްމު ބާބަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބު ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 މާއްދާގައިވާ ހައްގުތައް ކަމަށާއި އެއީ ރައްޔިތުންގެ ހިތްތަކާ އެންމެ ކައިރީގައިވާ ބާބު ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ވަރަށް އުސް މަގާމުތަކެއް ކަޑައްތު ކުރެއްވިއްޖެ ކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ އެފަދަ ނަސީބެއް ލިބޭނީ ދުނިޔޭގައި ވަރަށް މަދު މީހަކަށް ކަމަށެވެ.

ފޯރާ ތަނަވަސް ބޭފުޅަކު ވަރަށް މަދުން ނޫނީ ސިޔާސީ މައިދާނަށް ނުނިކުންނަކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ ތަނަވަސް މީހުންނަށް މަދުން ނޫނީ އެ މީހުންގެ ވިޔަފާރި ނޫން އެހެން އެއްވެސް އެއްޗެއް ނުފެންނާނެ ކަމަށެވެ. އަދި ބައެއް ވިޔަފާރިވެރިން ދުނިޔެ ދޫކޮށްދިޔަ އިރު ވެސް ސިޔާސީ ގޮތުން ބަހެއް ބުނެލުމުގެ އެއްވެސް ފުރުސަތެއް އެ ބޭފުޅުންނަށް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ބަދަލުކުރެއްވުމުގެ މަސައްކަތް ގާސިމް އިބްރާހީމް ކުރެއްވި ކަން ދިވެހި ތާރީހުން ފެންނަން އެބަހުރި ކަމަށްވެސް ނިހާން ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑިތަކެއް އެ ޕާޓީން ކާމިޔާބުކުރުމުގެ މަސައްކަތް ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް