ads
ފައިޒަލް ސިއްދީގު
އެސިޑް ހަމަލާ އާ ގުޅޭ ވީޑިއޯއެއް ހެދުމުން ފައިޒަލް ހޫނުފެނަށް!
އެސިޑް ހަމަލަ އާ ގުޅޭ ވީޑިއޯއެއް ހެދުމުން މަޝްހޫރު ޓިކްޓޮކް ތަރި ފައިޒަލް ސިއްދީގުގެ ޓިކްޓޮކް އެކައުންޓް ބޭން ކޮށްލައިފި އެވެ.

ޓިކްޓޮކް ގައި 13 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ތިބި ފައިޒަލް ވަނީ އަންހެން ކުއްޖަކު އޭނާ އަށް ބޭވަފާތެރި ވުމުން ރުޅިއައިސްގެން އެ އަންހެން ކުއްޖާގެ މޫނަށް އެސިޑް ޖަހާ މަންޒަރު ދައްކާފަ އެވެ. އަދި އެސިޑް ޖެހުމުން އަންހެން ކުއްޖާގެ މޫނުގައި އެގޮތަށް މޭކަޕްކޮށް ވަނީ ދައްކާފަ އެވެ. 

ޓިކްޓޮކް އިން ބުނީ ފައިޒަލްގެ އެކައުންޓް ބޭން ކުރީ އޭނާ ގިނަ އަދަދެއްގެ ކޮމިއުނިޓީ ގައިޑްލައިންސްތަކާއި ހިލާފުވެފައިވާތީ ކަމަށެވެ. އަދި މިހާރު އެ އެކައުންޓް ޓިކްޓޮކް އިން ނެގުމަށް ފަހު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޓިކްޓޮކް އިން ބުނެއެވެ. 

ޓިކްޓޮކް އިން ބުނީ މީހުންނަށް ގެންލުންވާ ފަދަ އަދި ގެންލުންދޭ ހިތްވަރު ދޭ ފަދަ ވީޑިއޯ ހެދުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ވީޑިއޯތައް ޓިކްޓޮކްގައި ނުބެހެއްޓޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

އަންހެނުންނަށް ދޭ އެސިޑް އެޓޭކް ތަކަކީ އިންޑިއާގައި އާންމު ކަމަކަށް ވާއިރު، އެފަދަ ހަމަލާއެއްގައި ޒަހަމްވި ލަކްޝްމީ އަގަރްވާލް ވަނީ ފައިޒަލްގެ މި ވީޑިއޯއާ މެދު އޭނާގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަންތައް ހުއްޓަން މަސައްކަތް ކުރަމުން އަންނަ އިރު މިފަދަ ވީޑިއޯތައް ހެދުމަކީ އެކަން ކުރާ މީހުނަށް ދެވޭ ހިތްވަރެއް ކަމަށްވެސް ލަކްޝްމީ ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް