ads
ފޮޓޯ:ވޮންޑާޑިސްކަވަރީ
ދައުލަތުގެ ކުންފުނިތަކުން ދަނީ މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުން: ޓްރާންސްޕޭރެންސީ މޯލްޑިވްސް
ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުން ދާކަމަށާއި މިކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، އެގާނޫނުގެ ދަށަށް އަންނަ ހުރިހާ މުއައްސަސާއަކުންވެސް، އެމުއައްސަސާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިސްނަގައިގެން ހާމަކުރަންޖެހޭނެ ކަމަށް  ބަޔާންކޮށްފައިވާކަމަށެވެ. 

އެ ޖަމިއްޔާ އިން ބުނީ އެޖަމިއްޔާގެ ސްޓާފުންނާއި ވޮލެންޓިއަރުން 2019 ވަނަ އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހަށް ދައުލަތުގެ ހުރިހާ ކުންފުންޏަކަށް އާރްޓީއައި ފޯމްތައް ފޮނުވާފައިވާކަމަށެވެ. ފިނުވި 29 ފޯމުގެ ތެރެއިން ފުރިހަމަކުރުމަށް ފަހު އަނބުރާ ލިބިފައިވަނީ 11 ފޯމު ކަމަށާއި ފޯމު އަނބުރާ ފޮވުމަށް އެވެރެޖްކޮށް 12 ދުވަސް ނެގި ކަމަށެވެ. 

އެގޮތުން ހުރިހާ މައުލޫމާތެއް އެއްކޮށް ފުރިހަމަކުރުމަށް ފަހު ފޯމު ފޮނުވާފައިވަނީ 10 އިންސައްތަ ކުންފުނިން ކަމަށާއި 14 އިންސައްތަ ކުންފުނިން ހިއްސާކޮށްފައި ވަނީ ބައެއް މައުލޫމާތު ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެއެވެ. އަދި 76 އިންސައްތަ ކުންފުނިތަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް އެޖަމިއްޔާ އިން ފާހަގަކުރެ އެވެ. 

 

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިގޮތަށް ޓްވީޓްކޮށްފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށްފައިވާ ސިޓީއެއް އާންމުވެ އެ ސިޓީ އާންމުކުރި ބަޔަކު ހޯދަން އެދިފައިވަނިކޮށެވެ. 

އެޖަމަިއްޔާ އިން ބުނީ މައުލޫމާތު ހޯދާ ލިބިގައުތުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގުޅުންހުރި ކޮމިޓީތައް ހިމެނޭހެން މި ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއަކުންވެސް މި ފަދަ ކުންފުނިތައް ޖަވާބުދާރީކުރުވުމަށް ގޮވާލާކަމަ ށެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިހެން ބުނެފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އެއް އާންމުވި ސަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ. އެ އިދާރާއިން ބުނެފައި ވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ މުސާރައާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރު ވާންޖެހޭ މައުލޫމާތެއް ނޫން ކަމަށާއި އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ.  

އައިކޮމް އިން ވަނީ ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމްކޮށް އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށާއި އޭރުން އިދާރާތަކުގެ ތަސައްވަރު ރަނގަޅުވާނެ ކަމަށް ވެސް ބުނެފަ އެވެ. 

މިކަމާގުޅިގެން ސްޓެލްކޯ އިން ބަޔާނެއް ނެރެފައިވާ އިރު، އެކުންފުނިން ބުނެފައި ވަނީ އެކުންފުނީގެ އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީ އިން ކަމަށާއި އެމްޑީގެ މުސާރައާއި އިނާޔަތްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތައް ކަމަށެވެ. އަދި ކުރިޔާއި ހިލާފަށް އެ ކުންފުނިން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި، ކުރަމުންގެންދާ މަސައްކަތްތައް އާންމުންނާއި ހަމަޔަށް މީޑިއާއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ފާހަގަކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް