ads
ނ. މަނަދޫ - ފޮޓޯ/ މަނަދޫ ކައުންސިލް
ކޮވިޑް-19: މަނަދޫއިން ނެގި ހައި ރިސްކު 40 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ!
ކޮވިޑް-19 އަށް ޓެސްޓްކުރި 129 ސާމްޕަލްގެ ތެރެއިން 40 މިހެއްގެ ނަތީޖާ ނުލިބޭކަމަށް މަނަދޫ ޓާސްކް ފޯހުން ބުނެފި އެވެ.

ކޮވިޑް -19 އަށް ޕޮޒިޓިވްވެ އަތޮޅުތެރެއިން މީހުން ފެންނަމުން އަންނައިރު މަނަދޫ އަކީ ދެވަނަ އަށް އެންމެ ގިނަ ކޭސްތަށް ފެނުނު އެއް ރަށެވެ. އެގޮތުން މިހާތަނަށް ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން މަނަދޫ ޓާސްކް ފޯހުން ބުނީ ކޮވިޑް-19 ގުޅިގެން މިހާތަނަށް 129 ސާމްޕަލް ނަގައިވާކަމަށާއި އޭގެތެރެއިން ލިބުން 79 ސާމްޕަލް ނެގެޓިވްވެފައިވާކަމަށެވެ. އަދި 40 ސާމްލަގެ ނަތިޖާ ނުލިބޭއިރު ގިނަ މީހުންނަކީ ހައިރިސްކް ފަރާތްތައްކަމަށެވެ.

ޓާސްކް ފޯހުން ބުނީ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް  ހޯމް ކަރަންޓީނު ކުރެވިފައިވާކަމަށާއި އެގޮތުން ބައްޔަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓްވި ނުވަ މީހުނާ ކޮންޓެކްޓްވެފައިވާ 55 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި އެކްޓިވް ސާވެލަންސާ ގުލިގެން 31 ސާމްޕަލް ނެގިކަމަށް ބުނެފައިވާއިރު އެއް ކޭސްއާ ގުޅިގެން ދެ ފަހަރު މަތިން ސާމްޕަލް ނެގިކަމަށްވެސް އެރަށު ޓާސްކް ފޯހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހައިރިސްކްގެ ގެތަށް މޮނިޓަރިންއަށް ލާފައިވާކަމަށާއި އަދި ގޭގައި ކަރަންޓީނުވުމުގެ ދަތިކަން ހުރި ފަރާތްތަކަށް މަނޫދޫ ކައުންސިލުން ހުރުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށެވެ.

އެރަށުން  ކޮވިޑް-19 އަށް 10 މީހުން ޕޮޒިޓިވްވެފައި ވާއިރު 9 މީހުން ތިބީ އެ އަތޮޅު އިރުފުށީ ކަރަންޓީނު ފެސިލިޓީގަ އެވެ. އަދި ފުރަތަމަ  އެރަށުން ބައްޔަށް ޕޮޒިޓިވް މީހާ އަކީ ޑޮކްޓަރަށް ދެއްކުމަށް  މާލެ އައިސްފައިވާ އުމުރުން ދުވަސްވީ މީހަކަށްވާއިރު އެޗްޕީއޭއިން ބުނީ އޭނަ މީހާރު ބަލިން ރަނގަޅުވެފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް