ads
ތިފެންނަނީ ފަޅި ހަނދެއް
ކުޑަ އީދަށް ހަނދު ފެނިއްޖެނަމަ ހެކިބަސް ދޭންވީ ގޮތް މިއޮތީ!
ޝައްވާލުމަހުގެ ހަނދު ފެނިއްޖެނަމަ ކޯޓުތަކަށް އެނގުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު އިއުލާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރެވިފައިވާ ކަމަށާއި މިއަހަރު ސައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން އިންތިޒާމުކުރެވިފައި ވަނީ ކޯޓުތަކުން ކަމަށެވެ.

އެގޮތުން ހަނދު ފެނުންކަމުގެ ހެކިބަސް ދިނުމަށް މާލެ ސިޓީގައިނަމަ ޑީޖޭއޭގައި ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށްތަކުގައި ހަނދު ސާބިތުކުރުމުގެ ކަންކަން އެރަށު ކޯޓުތަކުން އަމަލުކުރަން އަންގާ އުސޫލުގެ ތެރެއިން ހެކިބަސް ދިނުމުގެ ކަންކަން ކުރުމަށް އިއުލާނުގައި ބުނެފައިވެ އެވެ. 

ކުޑަ އީދަށް ހަނދު ސާބިތު ކުރުމާބެހޭ މައުލޫމާތު މާލޭގައި އުޅޭ ފަރާތްތަކުން ހިއްސާކުރާނަމަ ޑީޖޭއޭގެ ނަމްބަރު 7704777 އަށް ގުޅައި މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެ އެވެ. 

އެގޮތުން އެ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން މާލޭ ކޯޓެއްގެ ގާޒީ ކުރިމަތީގައި ހަނދު ސާބިތުކުރުމަށް ހެކިބަސްދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާ، މިސްރާބުގެ އިތުރުން އެހެން މައުލޫމާތު ދޭންޖެހޭނެކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

ސައްވާލު މަހުގެ (ކުޑަ އީދުގެ) ހަނދު ސާބިތުކުރުމަށް ދޭން ޖެހޭ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ 29 ރަމަޟާން ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރު އޮއްސި 7:30 އެކި ކޯޓުތަކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް