ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
ވިސާ ފީއަށް ލުއިދީފި!
މި މަހުގެ 19 އިން އަންނަ މަހުގެ 30 އަށް ވިސާ ހަމާވާ ފަރާތްތަކުގެ ފީ ދައްކަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނުގައި ބުނީ ކޮވިޑް-19 ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި މާލެސިޓީ މަގުމައްޗަށް ނިކުތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕިއޭ) އިން މަނާކޮށްފައިވާތީ މި މަހުގެ 19 އިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާކަމަށެވެ.

"އެ މުއްދަތު ތެރޭގައި ޓުއަރިސްޓު ވިސާ ، ޑިޕެންޑެންޓު ވިސާ، ވާކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުން ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭ،" އިއުލާނުގައި ވެ އެވެ.

ވިސާ ފީއަށް ލުޔެއް ދިނުމަށް އިމިގްރޭޝަނުން ނިންމާފައިވާއިރު ސަރުކާރު އޮފީސްތައް ބަންދުކުރުމުން ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު ކޮވިޑް-19 ގުޅިގެން ސަރުކާރުން ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އޮންލައިނުކޮށް ގޭގައި ތިބގެގެން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް