ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށަނީ
މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ކޮވިޑް-19 ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތަކާއި ގުޅިގެން މިއަދު ޑޮކްޓަރުންނާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. 

އެގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން މާދަމާ މެންދުރު ނަމާދުން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފެށޭނެކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތަށް މިސްކިތްތަކުގައި ޖަމާއަތުގަައި ނަމާދުކުރަން ފެށުމާއެކު އަމަލުކުރަން ޖެހޭ ގޮތުގެ ސާކިއުލާއެއް މިރޭ ރަށްރަށުގެ ކައުންސިލުރަކަށް ފޮނުވާނެ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ނަމާދަށް ދިއުމަށާއި މިސްކިތުގައި މާގިނައިރު މަޑުނުކުރުމުގެ އިތުރުން މިސްކިތަށް ދާއިރު މުސައްލައެއް ހިފައިގެން ދެވިދާނެ ކަމަށެވެ. އަދި މާސްކް އަޅައިގެން މިސްކިތަށް ދިއުން މުހިއްމުކަން ވެސް ފާހަގަކުރައްވަ އެވެ.

"އެ ބޭފުޅުން އެބަ ލަފާދޭ ގެއިން ވުޟޫކޮށްގެން އައުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި ރޯގާ ޖެހި ކިނބިހި އަޅާ މީހެއްވެއްޖެއްޔާ މިސްކިތަށް ނައުމާއި މިސްކިތުގައި މާގިނަ ވަގުތު ހޭދަނުކުރުމާއި ކޮންމެ ބޭފުޅަކު ވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުސައްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، ދެން މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން، މިހާރު ވެސް ނަގާފައިވަނީ ބައެއް މިސްކިތްތަކުގައި، އެގޮތަށް ނަމާދުކުރުން ކުރިއަށް ގެންދަން. ދެން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ވެސް އަޅުއްވައިގެން ވަޑައިގަތުމަށް ލަފާދެއްވާ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ އެ ފިޔަވަޅާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

މިވަގުތު ލިކްޑައުން/ މޮނިޓަރިންގައި ހުރި ރަށްތައް:

- މާލޭ ސިޓީ

- ށ. ނަރުދޫ

- ނ. މަނަދޫ

- ކ. ހިންމަފުށި

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވެސް ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެގޮތަށް ބޯނުލަނބާނަމަ ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ދިން ފުރުސަތު އަނބުރާ ނަގަން ޖެހިދާނެ ކަމަށެވެ. 

ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނުކުރާ ރަށްރަށް އާންމު ހާލަތަށް ގެނެސް، މިސްކިތްތަކުގައި ނަމާދުކުރަން ފުރުސަތު ދޭން ނިންމެވިކަން ހާމަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ރޭ ގައުމާ މުހާތަބު ކުރައްވަމުންނެވެ. 

ރައީސް ވަނީ ލޮކްޑައުނަށް ލުޔެއްދިނުމަށް ނިންމައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް އަދި ސްކޫލުތައް ހުޅުވާލުމަށް ވެސް ނިންމަވާފައިވާ ކަމަށާއި އެކަމަކު އެކަންކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް