ads
ސީޕީ ހަމީދު މަހާސިންތާގައި ވާހަކަ ދައްކަވަނީ---ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި ބޮން ހަދައިގެން ވައިގެ މަގުން ގޮއްވާލަން ރާވާފައިވޭ
ރާއްޖޭގައި 2017 ވަނަ އަހަރު ވައިގެ މަގުން ބޮން ގޮއްވާލަން ރޭވި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި 2017 ވަނަ އަހަރު ބޮމެއް ހަދައިގެން ވައިގެ މަގުން ބޮން ގޮއްވާލަން ރޭވި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންނާ އެކު ކްރޮސްރޯޑްސްގައި ބޭއްވި ލާމަރުކަޒީ މަހާސިންތާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އެކަން ރޭވުމުގައި އިސްކޮށް ހުރީ ސީރިއާގައި ހުރި ދިވެއްސެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން ގޮއްވާލަން އައިއީޑީއެއް ހެދީ މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ.

އެގޮތުން ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ ގުޅިގެން ކުރި މަސައްކަތުން އެކަން ނާކާމިޔާބު ކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ކައުންޓާ ޓެރަރިޒަމްގެ އެ އޮޕަރޭޝަންގައި ދުނިޔޭގެ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށާއި އެއީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި ވެސް ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމްގެ އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން ކަމަށެވެ.

މިމަހާސިންތާގާއި ބައިވެރިވި ކައުންސިލަރުންނަށް ސީޕީ ހަމީދު ވަނީ ކައުންޓަ ޓެރަރިޒަމާއި ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމުގައި ރާއްޖެއިން ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީން ކަން ދެއްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް