ads
މީގެ ކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން---
ރޯދަ މަސް ނިމުނަސް އަޅުކަންތަކާއި އަލްވަދާއު ކިޔައިގެން ނުވާނެ: ހުތުބާ
ރަމަޟާން މަހުގެ ތެރޭގައި ވަރަށް ހީވާގި ކަމާއެކު އަޅުކަންތައް ކުރަމުން އައުމަށް ފަހު އީދު ނަމާދާއެކު އަޅުކަންތަކާއި އަލްވާދާއު ކިޔާ ބަޔަކަށް ނުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މި ރަމަޟާން މަހުގެ ތެރޭގައި ކޮވިޑް-19 ގެ އަސަރެއްގެ ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިއަދު ކުރި ފުރަތަމަ ހުކުރު ނަމާދުގެ ހުތުބާގައި ބުނީ ރަމަޟާން މަސް އަލްވަދާއު ކިޔަން ތައްޔާރުވަމުން އަންނައިރު ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް ކުރަންވީ ސުވާލަކީ މިމަހުގެ ފައިދާ ލިބިގަނެވިފައި ވަނީ ކިހާ މިންވަރަކަށްތޯ ކަމަށެވެ.

އެގޮތުން ރަމަޟާން މަހު ރޯދަ ފަރުޟު ކުރެއްވި ހިކުމަތަކީ އަޅުކަންތަކުން ހާލިގުވަންތަ މާތްﷲ އަށް ތަގުވާރިވުމާއި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން ކަމަށް ހުތުބާގައި ބުންޏެވެ. 

ހުުތުބާގައި އިތުރަށް ބުނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގެ އަޅުކަމުގައި ވަރަށް ހީވާގި ބައެއް ކަމަށާއި އެގޮތުން ނިކަމެތިންނަށް އެހީވުމާއި ފަރުޟު ނަމާދުތައް ކުރުމާއި ތަރާވީހް ނަމާދާއި ދަމު ނަމާދުކުރުމުގައި ވެސް އުޅޭ ބައެއް ކަމަށެވެ. އެކަމަކު އީދު ނަމާދާއެކު އެ ހުރިހާ އަޅުކަންތަކަކާއި ދުރުހެލިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެގޮތަށް އެކަން ދިމާވާއިރު ﷲ ގެ ހަޟުރަތުން އިހުލާސްތެރިކަމާއެކު ކުރި ހެޔޮ އެމަލެއް މެނުވީ ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ހުތުބާގައި ބުނީ ހެޔޮ ގޮތުގައި ރޯދަ ހިފައި ރޭއަޅުކަންކޮށް ހެޔޮއަމަލުތައް ކޮށް އުޅޭ މީހާ ވެސް އެކަންތައްތަކާއި މެދު ބޮޑާވެގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ޖެހޭނީ އެމީހެއްގެ އެ އަމަލެއް ﷲ ގަބޫލުކުރައްވާތޯ ދުއާ ކުރަން ކަމަށެވެ. 

ރޯދަ މަހަކީ ހެޔޮކަމުގެ މޫސުމެއްކަމުން މި މަހުގައި ހެޔޮ އަމަލުކުރަން ޝައުގުވެރިކަންވީ ފަދައިން ރޯދަ މަސް ނިމުމުން ވެސް ހެޔޮ ކަމުގައި ދެމިތިބުމަށް ވަނީ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

އޭގެ އިތުރުން ރޯދަވެރިޔާ ވުޟޫކުރާއިރު އަރުތެރެއަށް ފެންފޮދެއް ގޮސްދާނެތީ ޖެހިލުންވެ ފަރުވާތެރިވާ ފަދައިން ބޮޑެތި ފާފަތަކާއި ފާހިޝް އަމަލުތަކަށް އަރައިގަންނަން ޖެހިލުވާން ޖެހޭ ކަމަށާއި ރޯދައިގެ ސަވާބު ފުރިހަމައަށް ހޯދުމަށްޓަކައި ނަމާދު އެޅުމާއި މުއާމަލާތުގައި އޮޅުވާލުމާއި ދޮގު ހެދުން އަދި ހުތުރު ބަހުން ވާހަކަ ދައްކައި އަނިޔާވެރިކަމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލާތް ހެދުމުން ވެސް ދުރުހެލިވުމަށް ވެސް ނަސޭހަތްތެރިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް