ads
އިސްލާމިކް މިނިސްޓަރު--
އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅައިފި
ފަލަކީ އިލްމުންވެސް މިރޭ ހަނދު ފެންނާނެ ކަމަށް ނުދައްކާ
އިސްލާމީ ބޮޑެތި ގައުމުތަކަށް ވެސް ހަނދު ފެނިފައިނުވޭ
5 ރަށެއް ފިޔަވައި އެހެން ރަށްރަށުގެ ޖަމާއަތުގައި ނަމާދު ކުރަން ވަނީ ފަށާފައި
މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

މިއަހަރުގެ ޝައްވާލު މަހަށް ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. 

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިއަދުގެ އިރުއޮއްސުމަށް ފަހު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކަށް ވެސް ހަނދު ފެނިފައިވާކަން އިތުބާރު ހުރި ގޮތަކަށް އެނގިފައި ނުވާ ކަމަށާއި ފަލަކީ އިލްމުންވެސް މިރޭ ހަނދު ފެންނާނެ ކަމަށް ނުދައްކާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާތްﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މަސްއަރުގަ ކުރި ހެޔޮ އަމަލުތައް ގަބޫލުކުރައްވާ އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ. އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމތިބުމުގެ ތައުފީގް އަޅަމެންނަށް ދެއްވާށި. އަދި ދިވެހި ރާއްޖެ އަށާއި މުޅި އިސްލާމީ އުއްމަތަށް މިފަދަ ބަރަކާތްތެރި އުފާވެރި އީދު ދުވަސްތައް ތަކުރާރު ކުރައްވާށި،" ބަޔާން އިއްވައި އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އާދިއްތަ ދުވަހަކީ އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަހު ރާއްޖޭގެ 25 ރަށެއް ފިޔަވައި އެހެން ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މިއަދު ހުކުރު ނަމާދަށް ފަހު ވަނީ ފަށާފަ އެވެ. އެ މިސްކިތްތަކުގައި ފިތުރު އީދު ނަމާދުވެސް ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް