ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޒިންމާ އަދާނުކުރާކަމަށް ބުނެ މިނިސްޓަރު ނަހުލާ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ
ޒިންމާ އަދާނުކުރާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ނައިބު މުޤައްރިރުކަންވެސް ކުރައްވާ ޖާބިރު އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރަށްރަށަށް އަރާފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވައުދެއްކަމަށާއި، ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުންކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަން ތަޖުރިބާކުރެވިފައިވާކަމަށެވެ. 

މީގެ އިތުރުން މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކޮށްފައިވާއިރު އެކަންވެސް ކުރަމުން އަންނަކަމަށާއި، އެ ކަންކަން ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ގަވައިދާއި އުސޫލުތައް ފުރިހަމަނުކުރުމުންކަމަށް ދެކޭކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ، 

އެހެން ކަމުން އެކަންކަމުގައި މިނިސްޓަރު ނަހުލާ ޒިންމާއަދާކޮށްފައި ނުވާތީ އެކަމަނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޖާބިރު ވަނީ އެދިފައެވެ. މީގެ ކުރިންވެސް ޖާބިރު ވަނީ މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރު ކޮށް ސުވާލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް