ads
ލުކާކޫ
ލޯބިވެރިޔަކާ އެކު ރާއްޖެ ދާން ބޭނުން
ރާއްޖެއަކީ ލޯބިވެރިންގެ މަންޒިލެއް ކަމަށާއި، ލޯބިވެރިއަކާއި އެކު ރާއްޖެ ދާން ބޭނުން ކަމަށް އިންޓަމިލާނަށް ކުޅޭ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ. ލުކާކޫ މިހެން ބުނީ، ޓްވިޓާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައި ބައިވެރިއަކު ޓުވިޓާ މެދުވެރިކޮށް ކުރި ސުވާލެއްގެ ޖަވާބުގައި ކުރި ޓްވީޓެއްގައެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅުނު ލުކާކޫ ބުނީ، ރާއްޖެއަކީ އޭނާ ދާ ހިތްވާ ތަނެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ލޯބިވެރިންގެ މަންޒިލެއް ކަމަށް ލުކާކޫ ބުންޏެވެ.

އަހަރެން ބޭނުން ރާއްޖެއަށް ދާން. އެކަމަކު ރާއްޖެއަކީ ލޯބިވެރިންގެ މަންޒިލެއް. އަހަރެންގެ ލޯބިވެރިއެއް ނެތް. އެހެންކަމުން އަހަރެންނަކަށް ރާއްޖެއެއް ނުދެވޭނެ.

ލުކާކޫ އޭނާގެ ކެރިއަރު ފެށީ އުފަން ބެލްޖިއަމުންނެވެ. އޭނާ ވަނީ ދެހާސް އެގާރަވަނަ އަހަރު ޕްރިމިއަރ ލީގުގައި ކުޅެން ފަށާފައެވެ. އޭނާ ކުޅުނު ޕްރިމިއަރ ލީގުގެ ޓީމުތަކުގެ ތެރޭގައި ޗެލްސީއާ މެންޗެސްޓަރ ޔުނައިޓެޑް ފާހަގަކޮށްލެވެއެވެ. އޭނާ މިލާނަށް ބަދަލުވީ ޔުނައިޓޭޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް