ads
ފުވައްމުލައް--
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ފުވައްމުލަކުގައި ލުއިތަކެއް ދެނީ
ފުވައްމުލަކު ސިޓީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައިފި އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަށު ފެންވަރުގައި އެކި ފިޔަވަޅުތައް އެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވާއިރު އޭގެ ދަށުން ފުވައްމުލަކުގައި ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ސިޓީގެ ރައްޔިތުން ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަހައި ތަންތަނާއި، ގަރާޖު، ވޯކްޝޮޕް އަދި ވަޑާންގެތަކާއި ސެލޫން ފަދަ ތަންތަނުން ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އިއުލާނުގައި ބުނެ އެވެ.

އަދި ނައިބު ތުއްތު މަގުން ހަވީރު 16:00 އިން ރޭގަނޑު 00:00 އަށް ހިނގާ ބިނގާވެ އުޅުމާއި އިންޖީނުލީ އެއްޗިހި ދުއްވުން މަނާކުރުން ނިމުމަކަށް ގެނެސް މަގު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. 

އޭގެ އިތުރުން އިއުލާނުގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިންކަމުގައި ވިޔަސް ބޭރަށް ނުކުންނައިރު ތިން މީހުންނަށް ވުރެ ގިނައިން ނިކުތުމާއި އެއްވެ ނޫޅުމަށް އެދޭ ކަމަށެވެ.

އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ އިރުޝާދުތަކަށް ތަބާވުމަށާއި އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށް އިލްތިމާސްކުރާ ކުރެ އެވެ. އަދި މިސްކިތުގައި ނަމާދުކުރާއިރު އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް އެދޭކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް