ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ފެން އަދި ކަރަންޓު ބިލް ތަކުން މިހާތަނަށް 60.6 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި
ފޭނާ ކަރަންޓަށް ސަރުކާރުން މިހާތަނަށް 60.6 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ފެންބިލް ތަކުން މިހާތަނަށް 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވިފައި ވާކަމަށެވެ. 

މި ޑިސްކައުންޓްތައް ދެވިފައި ވަނީ އެމްޑަބްލިއުއެސްސީ، ފެނަކަ އަދި ސްޓެލްކޯ ހިމެނޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، އެމްޑަބްލިއުއެސްސީ ގެ 33،198 ފެން ބިލަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައި ވާނެ ކަމަށާއި ފެނަކަ ކޯޕަރޭޝަންގެ 12،661 ފެން ބިލަށް ތިން ލައްކަ ރުފިޔާގެ ޑިސްކައުންޓާއި ސްޓެލްކޯގެ 558 ފެން ބިލަށް އަށް ލައްކަ ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮންމެ ގޭބީސީ އެއްގެ ފެން ބިލުންވެސް އުނިކޮށްފައި ވަނީ 235 ރުފިޔާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހަމައެއާއި އެކު ކޮންމެ ގޭބީސީއެއްގެ ކަރަންޓު ބިލުން 537 ރުފިޔާ އުނިކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ކަރަންޓް ބިލްތަކުގެ ޑިސްކައުންޓްތައް ވެސް ދެވިފައި ވަނީ އެމްޑަބްލިއުއެސްސީ، ފެނަކަ އަދި ސްޓެލްކޯ ހިމެނޭ ގޮތަށް ކަމަށް ފާހަގަކުރައްވާފަ އެވެ. ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީ ގެ 681 ކަރަންޓް ބިލަށް ތިން ލައްކަ ރުފިޔާގެ ޑިސްކައުންޓް ދީފައި ވާނެ ކަމަށާއި ފެނަކަ ކޯޕަރޭޝަންގެ 46،839 ކަރަންޓް ބިލަށް 22 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ސްޓެލްކޯގެ 45،068 ކަރަންޓް ބިލަށް 27.4 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކަރަންޓް ބިލް ތަކުން މިހާތަނަށް 49.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް